ދިއްދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމުގައިި އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީން މިއަދު ބުނީ ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، ކުރީގެ ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އެއްގަމުތޮށީގެ ވޭރިއޭޝަން މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމަންޓް ވަނީ ސައިޓަށް ގެންދެވިފައިވާކަމަށެވެ.
Ha. Dhihdhoo Harbor Extension & Jetty Construction Project is well underway. We have completed construction of old harbor pavement. Pre-cast concrete blocks required for variation works of quay wall have been delivered to the site.#MTCCProjects #RayyithungeKunfuni pic.twitter.com/MFdxvQdw0K
— MTCC Plc (@MTCCPlc) March 5, 2023
މި ޕްރޮޖެކްޓްގައި ހިމެނެނީ ދިއްދޫގެ ބަނދަރު ބޮޑުކޮށް ޖާގަ އިތުރުކުރުމާއި ޖެޓީ ހެދުމެވެ. ދިއްދޫގައި ބޭނުންކުރަމުން އައި ބަނދަރަކީ ގާތްގަނޑަކަށް 300 މީޓަރު ދިގު 250 ފޫޓު މީޓަރު ފުޅާ ބަނދަރެކެވެ. އަލަށް އިތުރުކުރާ ބަޔާއެކު އެރަށުގެ ބަނދަރުގެ ސައިޒު ދެގުނަ އިތުރުވާނެއެވެ.
އަލަށް ހަދާ ބަނދަރަކީ 600 މީޓާރުގެ ބަނދަރެކެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާގޮތަށް ގުޅޭގޮތުން އެމް.ޓީ.ސީ.ސީން ވިދާޅުވީ، މުޅި މަޝްރޫޢުގެ %61 މަސައްކަތް ނިމިފައިވާކަމަށެވެ. މީގެތެރޭގައި ބަނދަރާއި، ޖެޓީ ހެދުމުގެ މަސައްކަތް ހިމެނެއެވެ. ބަނދަރުގެ ބޭރު ތޮއްޓާއި އެއްގަމު ތޮށީގެ މަސައްކަތް ވަނީ ނިމިފައެވެ.
ދިއްދޫ ބަނދަރުގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 75.5 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނިމޭއިރު ޖެޓީއަކާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ޖެހުންވެސް ހިމެނެއެވެ.