އުދައިގެ ސައްޙަ އަންދާޒާތައް ކުރެވޭނެ ހައިޑްރޯގްރެފިކް ސާރވޭ ހަދައިފި

އުދައިގެ ސައްޙަ އަންދާޒާތައް ކުރެވޭނެ ހައިޑްރޯގްރެފިކް ސާރވޭ ހަދައިފި

Author
އަޒްފާ ރަޝީދު
04 މާރޗް 2023 08:23
0

ކުރިއަށް އޮތް ތަނުގައި އުދައިގެ ސައްޙަ އަންދާޒާތައް ކުރެވޭނެ ކަމަށް އިންޑިއަން ނޭވީ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ ތިންވަނަ ޖޮއިންޓް ހައިޑްރޯގްރެފިކް ސާވޭގެ ސަބަބުން ދައްކައިފިކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 26ވަނަ ދުވަހާއި ހަމައަށް އިންޑިއަން ނޭވަލް ޝިޕް އިންވެސްޓިގޭޓަރު (އައިއެންއެސް އިންވެސްޓިގޭޓަރއިން ވަނީ ހައިޑްރޯގްރެފިކް ސާވޭ ކުރިއަށް ގެންގޮސްފައިއެވެ.

އެ މުއްދަތުގެ ތެރޭގައި ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އިހަވަންދިއްޕޮޅާއި ތިލަދަންމަޓީ އަތޮޅާއި ގައްލަންދު ކަނޑު ހިމެނޭ ގޮތަށް އުތުރު ރާއްޖެ ސާވޭ ކޮށްފައިވެއެވެ.

މި ސާވޭގައި މި އަތޮޅުތަކުގެ 6308 ކިލޯމީޓަރުގެ ސައުންޑިން ކަވަރުކޮށްފައިވެއެވެ. އެ ސައުންޑިން ލައިންތަކުން 2630 އަކަ ކިލޯމީޓަރުގެ ސާވޭއެއް ކޮށްފައިވާއިރު، މުޅި އިހަވަންދިއްޕޮޅު އަތޮޅާއި ތިލަދަންމަތީގެ ބައެއްގެ ސާވޭ ވަނީ ކުރިއަށް ގެންގޮސްފައެވެއިހަވަންދިއްޕޮޅުގެ ކުރީގެ ޗާޓަކީ 1934 ވަނަ އަހަރު ކުރި ސާވޭތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޗާޓެކެވެ.

މި ސާވޭތައް ކުރިއަށް ގެންގޮސްފައި ވަނީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އެއްގަމާއި ބޯޓާއި ހެލިކޮޕްޓަރާއި އުޅަނދު ފަހަރުގައި ގަދަވަޔާއި ވިއްސާރައިގައެވެއަދި ހެލިކޮޕްޓަރާއި ބޯޓު ދަތުރުތަކާއި 88 ކިލޯމީޓަރުގެ ފައިމަގުގައި ސާވޭ ކުރުމުގެ އިތުރުން ގިނަ ސަރަހައްދުތަކެއްގައި ސާވޭކުރުމަށް މަލްޓި ބީމް އެކޯ ސައުންޑާ ބޭނުންކޮށްފައެވެމި ސާވޭގައި އިހަވަންދިއްޕޮޅު އަވަށުގެ ތެރެއިން އަލަށް 52 ޝޮލް ފެނިފައިވެއެވެ.

މި ސަރަޙައްދުތަކުގެ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ސާވޭތަކުގެ ސަބަބުން އުޅަނދުފަހަރުގެ ނެވިގޭޝަނަލް ސޭފްޓީ އިތުރުވެ، ރާއްޖޭގެ ނޫ އިގްތިސޯދި ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ދާއިރާތަކުގެ އަޕްޑޭޓް ނެވިގޭޝަނަލް ޗާޓާއި އިލެކްޓްރޯނިކް ނެވިގޭޝަނަލް ޗާޓްތައް އުފެދިގެންދާނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެދިވެހި ސަރުކާރުގެ “ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ)ގައި އިސްކަންދޭ ފަސް ދާއިރާގެ ތެރެއިން ފުރަތަމަ ދާއިރާއަކީ ބްލޫ އިކޮނޮމީ އިގްތިސޯދު ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.

ނެވިގޭޝަނަށް ލިބޭ ފައިދާތަކުގެ ބޭރުން، މި ހައިޑްރޯގްރެފިކް ސާވޭތަކުން، ރާއްޖޭގެ ކަނޑުގެ މަގުތައް، ފާގަތި މުސްތަގުބަލަކަށް މެޕްކުރާނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ކުޅުދުއްފުއްޓާއި މާރަންދޫ އަދި ހޯރަފުއްޓަށް އުދައިގެ އޮބްޒަވޭޝަންތައް ވެސް އެ ބޯޓުން ކޮށްފައިވާ އިރު،  ކުރިއަށް އޮތް ތަނުގައި އުދައިގެ ސައްޙަ އަންދާޒާތައް ކުރެވޭނެ އެވެމާރަންދޫ އާއި ހޯރަފުށީގައި ވެސް އާ ބެންޗްމާކްތަކެއް ގާއިމުކޮށްފައިވާއިރު އޭގެ ސަބަބުން އުދައިގެ ސައްހަ ރީޑިން އާއި އަންދާޒާތަކަށް މަގުފަހިވެގެންދާނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

އެ ސާވޭގެ ސަބަބުން މުސްތަގުބަލުގައި އިހަވަންދިއްޕޮޅު އަދި ތިލަދަންމަތީ އަތޮޅު ހިމެނޭ ގޮތަށް ބޮޑު ދެ ޗާޓާއި މީޑިއަމް ސްކޭލް ޗާޓް ޗާޕު ކުރުމަށް  މަގުފަހިވެގެންދާނެ ކަމަށްވެސް ބުންޏެވެ.

މި ސާވޭއަކީ ސިފައިންގެ ތެރޭގައި ހައިޑްރޯގްރެފިކް ފެސިލިޓީތައް ގާއިމުކުރުމަށް އިންޑިއާއިން ރާއްޖެއަށް އެއްބާރުލުން ދިނުމުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދާ ސާވޭއެކެވެރާއްޖޭގެ އަމިއްލަ ހައިޑްރޯގްރެފިކް ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޖޮއިންޓް ސާވޭގައި، ވަޒީފާގެ ތަމްރީނުތަކާއި ބެހޭ ޖޮއިންޓް ސާވޭގައި ސިފައިންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެމީގެ އިތުރުން ހައިޑްރޯގްރެފިކް އިކުއިޕްމަންޓް ސެޓެއް ވެސް ވަނީ ދިވެހި ސަރުކާރާއި ހަވާލުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.