އަންނަ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމަށް ފުރުސަތު ދޭން ރައްޔިތުން ތައްޔާރުވަނީ ހެޔޮވެރިކަމެއް ގެންނަން ބޭނުންވާތީ ކަމުގައި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަޙްމަދު ސަޢުދު ވިދާޅުވެއްޖެއެވެ.
ސައުދަކީ ޖުމްހޫރީ ޕާޓީގައި އެންމެ ގިނަ ދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނޭ އަދި ލީޑަރު ޤާސިމް އިބްރާހިމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައިވެސް ހިމެނޭ ބޭފުޅެކެވެ. ސައުދު މިހެން ވިދާޅުވީ ފެހި ޤާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބުގައި ކޮންމެވެސް ބަޔަކަށް ވެރިކަން ހޯދުމަށް ޤާސިމް ކުރައްވާ މަސައްކަތް މިފަހަރުވެސް ތަކުރާރު ކުރެއްވުމަށް ބައެއް ފަރާތްތަކުން އެދެމުންދާ ދަނޑިވަޅެއްގައެވެ.
ސައުދު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައްޔިތުން ޖުމްހޫރީ ޕާޓީން ނެރޭ ކެނޑިޑޭޓް ޤާސިމް އިބްރާހިމަށް ވޯޓުދޭން ބޭނުންވަނީ ރައްޔިތުން އެދޭފަދަ ހެޔޮ ވެރިކަމެއް ހޯދުމަށް ކަމުގައެވެ. ކޮންމެ ފަހަރަކު ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބުގައި ރައީސްކަން ހޯދައިދޭން ކުރާ މަސައްކަތް ހުއްޓާލައި މިއީ ޤާސިމް ރައީސް ކަމަށް އަންނަ ފަހަރުކަމަށް ސައުދު ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު މީހާއަށް ރައްޔިތުން ފުރުސަތު ދޭން ތައްޔާރުވަނީ ހެޔޮވެރިކަމެއް ގެންނަން. "އިޓްސް ޓައިމް ދި ކިންގ މޭކާ" ޓުބިދަ ކިންގ.
– ސައުދު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ވާދަކުރުމަށް ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގޮވާލާ އެޕާޓީގެ ކޮންގްރެސް އިން ވަނީ ޤަރާރެއްވެސް ފާސްކޮށްފައެވެ. މިޤަރާރު ފާސްވީ ކޮންގްރެސްގެ އެރޭގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ޖުމްހޫރީ ޕާޓީގެ މަދު މެމްބަރަކު ފިޔަވައި ގިނަ އަދަދެއްގެ މެމްބަރުން ބޭނުންވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއިން ފާސްކުރިނަމަވެސް، މިއީ އެޕާޓީގެ ކައުންސިލަށް ދިން ލަފައެކެވެ. އެކަމުގައި އިތުރަށް ކުރަންޖެހޭ ކަންކަން ކުރިއަށްގެންދާނީ އެޕާޓީގެ ކައުންސިލުންނެވެ.
ޖޭޕީއަކީ މިހާރުގެ ސަރުކާރުގެ ކޯލިޝަން ބައިވެރިއެއްވެސްމެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، އިންތިޚާބުގައި ވާދަކުރަން ކޯލިޝަން ހެދުމުގެ ދަޢުވަތު ޖުމްހޫރީ ޕާޓީއަށްވެސް ދެއްވާފައެވެ. މީގެ އިތުރުން ޢަދާލަތު ޕާޓީއާއި، އެމްއާރުއެމާއި އެމްޑީއޭއަށްވެސް ރައީސުލްޖުމްހޫރިއްޔާ އެ ދަޢުވަތު ދެއްވިއެވެ. މިހާތަނަށް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމާފައިވަނީ ޢަދާލަތު ޕާޓީއާއި، އެމްޑީއޭއިންނެވެ.
2 Responses
ޤާސިމަކީ އަހަރެމެން ފުރުސަތުދޭން ބޭނުންމީހާ ނަމަވެސް ޤާސިމު ގާތަށްގޮސްބައިއަތުހިފާ ގިނަމީހުންނަކީ ސަރުކާރުތައް ދަވައިލާގެން ހިމާޔަތްހޯދަންދާމީހުންނެވެ. މިއީ އަޅުގަނޑުމެން އެއްމެ ހިތާމަކުރާކަމެވެ. މިނޫން ގޮތަކަށް ޤާސިމުގެ ސިޔާސަތު ބިނާކުރަން އެބަޖެހޭ
ޤާސިމްއަށް ކުރެވޭނީ ކޮން ހެޔޮ ވެރިކަމެއް ތިމާ ހިންގޤާ ރިސޯޓް ތަކުގެ މީހުންނަށް ހަމަމުސާރަ ކޮޅުވެސް ނުދެވޭ ކޮވިޑުގަވެސް ދިނީ މުސާރަވެރިންންނަށް ރުފިޔާ ހާހެއް ސައުދު ….ކިޔާބަލަ ވަރަށް ވަރަށް ސާފް