މާޑާ މުބާރަކް" ގެ ޝޫޓިން ސާރާ ފަށައިފި

މާޑާ މުބާރަކް" ގެ ޝޫޓިން ސާރާ ފަށައިފި

Author
ފާތިމަތު ނާވީ
05 މާރޗް 2023 01:56
0

މުޅިން އަލަށް އެކުގައި ފެނިގެންދާނެ ޖޯޑެއް ކަމުގައިވާ ސާރާ އަލީ ހާން އާއި އަރުޖުން ކަޕޫރު ލީޑުން ފެނިގެންދާ ފިލްމް "މާޑާ މުބާރަކް" ގެ ޝޫޓީން ދިއްލީގައި ސާރާ ފަށައިފިއެވެ.

އޭނާ ވަނީ ސެޓުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގެ ސްޓޯރީގައި ހިއްސާ ކޮށްފައިއެވެ. މި ފިލްމް އަކީ ހޯމީ އަދަޖަނިއާގެ ފިލްމެކެވެ. މި ފިލްމާއިބެހޭ މާ ބޮޑު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Sara Ali Khan (@saraalikhan95)

މި ފިލްމު ޑައިރެކްޓް ކުރަނީ ހޯމީ އަދަޖާނިއާ އެވެ. މި ފިލްމުގައި މުހިންމު ރޯލަކުން ކުރީގެ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕޫރު ވެސް ފެނިގެންދާނެއެވެ.  މީގެ ދުވަސްކޮޅެއް ކުރިން ކަރިޝްމާ ވަނީ އޭނާގެ އިންސްޓަގްރާމް ގައި މި ފިލްމްގެ ސެޓުގައި ނަގައިފައިވާ ފޮޓޯ އެއް ހިއްސާ ކޮށް ފިލްމް އިން އޭނާ ފެނިގެންދާނެ ކަން ކަށަވރު ކޮށްދީފައިއެވެ.

"މާޑާ މުބާރަކް" ގެ އިތުރުން އަބީނޭ ޑިއޯ ޑައިރެކްޓްކުރާ ޑްރާމާ ސިލްސިލާ "ބްރައުން" އިން ވެސް ކަރިޝްމާ ފެންނާނެ އެވެ. ޒީ ސްޓޫޑިއޯގެ އެހީތެރިކަމާއެކު ގެނެސްދޭ މި ނޮއިރް ޝޯ އަކީ އަބީކް ބަރޫއާ ލިޔެފައިވާ "ސިޓީ އޮފް ޑެތު" ފޮތުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ޝޯއެކެވެ.

ފިލްމްގެ ލީޑުން ފެނިގެންދާ އަރުޖުން އަތުގައި މިހާރު ވެސް ބައެއް ޕްރޮޖެކްޓްތަށް އެބަހުއްޓެވެ. އޭގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ ފިލްމް އަކީ "ދަ ލޭޑީ ކިލާ"އެވެ. އަޖޭ ބާލް ޑައިރެކްޓް ކުރާ މި ފިލްމްގެ ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ބޫމި ޕޭޑްނޭކަރްއެވެ.

 

View this post on Instagram

 

A post shared by Arjun Kapoor (@arjunkapoor)

އަނެއްކޮޅުން ސާރާގެ އަތުގައި ވެސް ބޮޑެތި ޕްރޮޖެކްޓް ތަކެއް އެބަހުއްޓެވެ. އެގޮތުން އަދި ނަމެއް ދީފައިނުވާ ފިލްމް މޭކާ ލަކްޝްމަން އުޓެކަރްގެ ފިލްމް އަކާއި "ގޭސްލައިޓް" ފާހަގަކޮށްލެވއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.