ހާގީގީ ދިރިއުޅުމުގައި އޭނާ އަކީ ވަރަށް ފޫހި މީހެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ބުނެފިއެވެ. މި ފަހުން މީޑީއާގައި ވާހަކަ ދައްކަމުން ރަންބީރު ބުނީ އަސްލު އޭނާގެ ޝަހުސިއްޔަތު ސިފަ ކުރާނަމަ ބުނެވޭނީ އޭނާ އަކީ ވަރަށް ފޫހި މީހެއް ކަމަށެވެ.
ރަންބީރު ބުނީ އޭނާ އިސްކަން ދެނީ ސޯޝަލް މީޑިއާއާ ވިހާވެސް ދުުރުގައި ހުރުމަށް ކަމަށެވެ. ރަންބިރަކީ ސޯޝަލް މީޑިއާ ބޭނުން ނުކުރާ މަދު ތަރިންގެ ތެރެއިން އެކަކެވެ. އަމިއްލަ ނުވަތަ ޕާސަނަލް ފަރާތް މަދުން ދެއްކުމަށް ޝައުގުވެރިވަނީ އެއީ އޭނާގެ ފޭނުންނަށް އޭނާގެ ކެރެކްޓާއާ ގުޅުން ބަދަހިކޮށް، ސްކްރީނުން އޭނާ ބެލުމަށް ޝައުގުވެރިކަން ބޮޑުކުރުވުމަށް ކަމަށް ވެސް ބުނެފައިވެއެވެ.
އަދި އިންސާނެއްގެ ހައިސިއްޔަތުން އޭނާ "ފޫހި" ކަމަށް ފެނުމުން ސޯޝަލް މީޑިއާގައި ކޮންމެ ވަގުތަކު ވެސް މީހުން މުނިފޫހިފިލުވައިދިނުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ދެކޭ ކަމަށްވެެސް ރަންބީރު ވަނީ ބުނެފައިއެވެ.
"ދިރިއުޅުމުގައި އަހަރެންނަކީ ވަރަށް ބޯރިންގ މީހެއް. ސޯޝަލް މީޑިއާގައި އަހަރެން ބޭނުން ނުވޭ އަހަރެންގެ ޕާސަނަލިޓީ ދައްކާކަށް. މީހުންނަށް އަހަރެން ބޯރިންގ ކަން އެގި މީހުން އެންޓަޓައިން ކުރުމަށް އުޅޭކަށް އަހަރެން ބޭނުމެއްނޫން."
ރަންބީރު ބޮލީވުޑް އަށް ތައާރަފް ވީ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ސާވަރިޔާ" އިން 2007 ވަނަ އަހަރުގައިއެވެ. ނަމަވެސް އޭނާ ބެލުްނތެރިނެގ މެދުގައި މަގުބޫލު ކަން ހޯދީ ފިލްމު "ވޭކް އަޕް ސިޑް" އިންނެވެ. އެ ފިލްމް ގައި އޭނާ ފެނިގެން ދިއައީ ރޮމޭންޓިކް ހީރޯއެއްގެ ގޮތުގައިއެވެ. އެފަހުން އޭނާ ކުޅުނު ފިލްމު "އަޖަބް ޕްރޭމް ކީ ގަޖަބް ކަހާނީ" އަކީވެސް ވަރަށް ކާމިޔާބު ފިލްމްއެކެވެ.
އެކްޓަރެއްގެ ހައިސިއްޔަތުން އޭނާ ވަނީ "ރޮކްސްޓާ" އާއި "ބަރްފީ" ފަދަ ފިލްމުތަކުން އޭނާގެ ހުނަރު ސާބިތުކޮށްދީފަ އެވެ. ދާދި ފަހުން ރަންބީރު ވަނީ ވަނީ އޭނާގެ ފިލްމު "ބްރަހްމަސްތުރާ: ޕާޓް ވަން – ޝިވާ" ގެ ކާމިޔާބީ ފާހަގަކޮށްފައިއެވެ. އެއީ މިދިއަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމްއެވެ. މި ދުވަސްވަރު ރަންބީރު އަންނަނީ ވަރަށް ބިޒީކޮން އޭނާގެ ފިލްމް ޕްރޮމޯޓް ކުރަމުންނެވެ. އެއީ ޝްރަދާ ކަޕޫރާ އެކު ރަންބީރު ފެނިގެންދާ ފިލްމު "ތޫ ޖޫތީ މޭ މައްކަރް" އެވެ.