ނެޕޮޓިޒަމް އަކީ ބޭކާރު ބަހުސެއް: މަނޯޖް

ނެޕޮޓިޒަމް އަކީ ބޭކާރު ބަހުސެއް: މަނޯޖް

ގުޅުންހުރި

ނެޕޮޓިޒަމްއާ ބެހޭ ގޮތުން ބޮލީވުޑްގައި ބަހުސް ކުރެވެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ގިނަ ފިލްމީ ތަރިން، ހާއްސަކޮށް ކަރަން ޖޯހަރަށް ތާއީދު ކުރާ ތަރިންނަށް އެކަމުގެ އިނގިލި ދިއްކުރަމުން އަންނަކަން ފާހަގަ ކުރެވެއެވެ. އަދި ކަރަން އަކީ ނެޕޮޓިޒަމް ގެ ބައްޕަ ކަމަށް ބުނެ އޭނާ އަށް ތުހުމަތުގެ އިނގިލި ދިއްކުރާ ބަޔަކުވެސް އުޅެއެވެ.

މި ވާހަކަ އާއި ގުޅުވައިގެން ދެކެވޭ ގިނަ ވާހަކަތަށް ސިއްރުކުރަން ގިނަ ބަޔަކު އިސްކަންދޭއިރު، އެކަމާ ބެހޭ ގޮތުން އާންމުކޮށް ވާހަކަ ދައްކަން ފަސް ނުޖެހޭ ބަޔަކު ވެސް އެބަތިއްބެވެ. ނެޝަނަލް އެވޯޑް ހާސިލްކޮށްފައިވާ އެކްޓަރު މަނޯޖް ބަޖްޕާއީ އަކީ އެއްވެސް މައުޟޫއަކާ މެދު ޚިޔާލު ފާޅުކުރަން ފަސްނުޖެހޭ އެކްޓަރެކެވެ.

އޭއެންއައި އަށް ދިން އިންޓަވިއުއެއްގައި "ސަތިޔާ" ގެ ތަރި ވަނީ ނެޕޮޓިޒަމްގެ ބަހުސަށް ބުރަވެފަ އެވެ. އޭނާ ބުނި ގޮތުގައި އެއީ ބޭކާރު ބަހުސެކެވެ. މި ބަހުސް ގިނަ ފަހަރަށް ގުޅިފައި އޮންނަނީ އެމީހަކު އުފައްދައިދޭ ގުޅުމާއި ގުޅުންތަކެވެ.

މީހެއްގެ ވަށައިގެން ހިތްހަމަޖެހުން ލިބިއްޖެނަމަ އެމީހަކާއެކު އިތުރަށް މަސައްކަތް ކުރަން ބޭނުންވެއެވެ. އެހެންވީމަ އެއީ އެމީހުންގެ ނިންމުމެއް، އެ މީހުން ބޭނުންވާ ކަމެއް ކުރެވިދާނެ ކަމަށް އޭނާ ވަނީ ބުނެފައިއެވެ. އެންމެ ބޮޑު މައްސަލައަކީ ފިލްމް އެގްޒިބިޝަނެވެ. އެގްޒިބިޓަރުން ގިނަފަހަރަށް ތަފާތުކުރެއެވެ.  އަދި ހަމައެކަނި އެއް އިންޑަސްޓްރީއަކުން އިންސާފުވެރިކަމަށް އެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް މަނޯޖް ވަނި ބުނެފައިއެވެ.

"ޓްވިޓާގައި އެހެން އެއްޗެއް ލިޔެ، މަސައްކަތުގެ މާހައުލުގައި ވެސް އެއާ ހިލާފަށް ކަންތައް ކުރާ އެތައް ބަޔަކު ފެނިއްޖެ… އިންސާފުވެރިކަމަށް އެދޭނަމަ ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް އިންސާފުވެރިކަމަށް އެދެންޖެހޭ،"

ބިހާރަށް ނިސްބަތްވާ ބަޖްޕާއީ އަކީ ބޭރު މީހަކަށް ފިލްމީ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދޭނެ ކަމުގެ މިސާލެކެވެ. އޭނާގެ މިހާރުގެ ސްޓާޑަމް އަކީ އެތައް ޒަމާނެއް ވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށާއި، ނާކާމިޔާބީތައް ފުނޑުފުނޑުކޮށްލުމާއި، އެންމެ މުހިންމު ކަމަކީ ދުވަހަކުވެސް މަރުނުވާ ގޮތަށް އޭނާ ގެންގުޅުނު ވިސްނުމުގެ ނަތީޖާއެވެ.

 

 

 

 

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ