އާރިފް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ފުލުހުން

އާރިފް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ފުލުހުން

ގުޅުންހުރި

މާލެއިން ގެއްލިގެން ހޯދަމުންދާ ސ. ހުޅުދޫ / ސަނީލޮޖް، ޢަލީ އާރިފް (46އ) ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

އަލީ އާރިފް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފެބުރުވަރީ 16 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމާއި އެންމެ ފަހުން އާއިލާއަށް ހަބަރުވެފައިވަނީ 2022 ޑިސެމްބަރު މަހުގެ ތެރޭގައިކަމަށާއި އޭނާއަކީ ކަންނެލި މަސްވެރިކަމަށް ގޮސްއުޅޭ މީހެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.

އަލީ އާރިފް ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، އަލީ އާރިފް ހޯދުމުގެ މިހާރުވެސް ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން އާރިފް ހޯދިފައެއް ނުވެއެވެ.

އަލީ އާރިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790083 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ