އިންޑިއާގެ މަޝްހޫރު އެކްޓަރު ކަބީރު ބޭދީގެ ކާފަދަރިފުޅު، އަލަޔާ އިބްރާހިމް ފަރުނީޗަރުވާލާ އަކީ ބޮލީވުޑްގައި ފާހަގަ ކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޒުވާނެކެވެ. އޭނާ އަކީ ޕްރޮފެޝަނަލް އެކްޓަރަކަށް ވިޔަސް އަލަޔާ އެފް ވަނީ އެހެނިހެން ގިނަ ކަންކަމުގައި ވެސް ކުރި ހޯދަފައިއެވެ.
"ޖަވާނީ ޖާނެމަން" ގެ ތަރިއަކީ އޭނާގެ ރިލޭޓެބަލް ސްޓައިލާއި ފިޓްނަސްއަށް ދޭ އަހައްމިއްޔަތުކަން ވެސް އެހާމެ މަޝްހޫރު އަދި ތައުރީފު ލިބިފައިވާ ތަރިއެކެވެ. އޭނާގެ އިންސްޓަގްރާމް ޕޭޖަކީ އެ ހުރިހާ ކަމެއްގެ ހެއްކެކެވެ. ސޯޝަލް މީޑިއާ އާއި ވަރަށް ރައްޓެހި ތަރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބަތަލާ ވަނީ އޭނާގެ ޑައިޓް ޕްލޭންގެ މަންޒަރުތަށް ހިއްސާކޮށްފައިއެވެ.
އަލަޔާގެ ހެނދުނުގެ ނާސްތާގެ ވާހަކަ ދައްކާއިރު، ހެނދުނު އެންމެ ފުރަތަމަ ބޯނީ ސެލެރީ އާއި ބީޓްރޫޓް އެއްކޮށްގެން ހަދައިފައި ހުންނަ ޖޫހެކެވެ. ވިޓަމިން އޭ އާއި ސީ ގެ މިންވަރު މަތިކޮށް ދެމެހެއްޓުމަށް އެހީތެރިވެދޭ ޖޫހެވެ. އެއަށްފަހު ކަޅު ސައި ތައްޓެކެވެ. މިއީ ހަމުގެ އިންފެކްޝަންތަކާއި ކުދިކުދި ބަލިތަކާ ދެކޮޅަށް ހަށިގަނޑަށް އެހީތެރިވެދޭތީ އެވެ.
ހެނދުނުގެ ނާސްތާގައި ދެން އޮތް ބުއިމަކީ ލުނބޯ، ކަރާ އަދި މިންޓް ވޯޓާއެވެ. އެއީ ހަށިގަނޑު ތާޒާކޮށް ހައިޑްރޭޓްކޮށް ބެހެއްޓުމަށް އެހީތެރިވެދޭ ބުއިމެކެވެ. އެންމެ ފަހުން ބަތަލާ ދަނީ ކަރާ ނުވަތަ އޮރެންޖް ޖޫހަށެވެ.
މެންދުރުގެ ކެއުމަށް އަލާޔާ އާންމު ގޮތެއްގައި ތިން ޑިޝް އެއް ބޭނުން ކުރެއެވެ. ފުރަތަމަ ޕާލަކް ސޫޕެކެވެ. އެއީ ހަންގަނޑު ރަނގަޅުކޮށް، ދިފާއީ ބާރު ވަރުގަދަކޮށްދީ، ހަކުރު ބައްޔާއި ހައިޕަޓެންޝަން މެނޭޖްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެއަށްފަހު ކަށިތައް އުފައްދައި ހަރުދަނާ ކުރުމަށް ކޮންމެހެން ބޭނުންވާ މިނަރަލްސް ހިމެނޭ ބާވަތެއް އެނާގެ ޕްލޭނުގައި އެބައޮތެވެ. އެންމެ ފަހުން އޭނާގެ ކެއުމުގައި ކުއިނޯއާ ޕޫލާއޯ ހުންނައިރު، މިއީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ ފައިބާ، ޕްރޮޓީން، ފޯލޭޓް އަދި މެގްނީޒިއަމް ފަދަ ނިއުޓްރިއެންޓްސް އިން މުއްސަނދި ވެފައިވާ އެއްޗެކެވެ.
މީގެ އިތުރުން އޭނާގެ ކެއުމުގައި ހާއްސަ ސުމޫތީ އެއް ހިނަމައިފައި ވެއެވެ. މި ހާއްސަ ސުމޫތީ ތައްޔާރު ކޮށްފައިވަނީ، އޯޓް ކިރު، 4 ބަދަމް، 2 ވޮލްނަޓް، 1 ސަމުސާ މާމުއި، ސިނަމަން، ޕްރޮޓީން ޕައުޑާ، ކޮލެޖަން ޕައުޑާ، ޕީސީއޯއެސް ހާބްސް ޕައުޑާ، ޗިއާ ސީޑްސް، ފްލެކްސް-ސީޑްސް އެއްކޮށްގެންނެވެ.
މީގެ އިތުރުން މި ދައިޓް ޕްލެންގައި އެންމެ ފަހު ބާވަތެއްގެ ގޮތުގައި ހިމަނާފައި ވަނީ އެވަކާޑޯ ޓޯސްޓެކެވެ. ބެލެވޭ ގޮތުގައި ރޭގަނޑުގެ ނާސްތާގެ ގޮތުގައި އޭނާ ބޭނުން ކުރަނީ މި ޓޯސްޓެވެ.
މީ ވެސް ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރާ މީހުންނަސް ހާއްސަ ޕްލެން އަކަށް ވެދާނެއެވެ. މި ޑައިޓް ޕްލޭން ޓްރިކޮށްލުން ރަނގަޅެވެ.