ބަތަލާ ސްވިނީ އެންގޭޖް ކޮށްފި

ބަތަލާ ސްވިނީ އެންގޭޖް ކޮށްފި

Author
ފާތިމަތު ނާވީ
03 މާރޗް 2023 06:39
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސްވިނީ ޚާރާ އަކީ އިންޑިއާގެ ޓީވީ އަދި ސިނަމާއަށް ލޯބިކުރާ ގިނަ ބަޔަކަށް ވަރަށް ކަމުދާ މޫނެކެވެ. ޗައިލްޑް އެކްޓަރެއްގެ ގޮތުގައި ކެރިއަރުފެށި ސްވިނީ އަކީ ގިނަ ޝޯތަކާއި ފިލްމްތަކުން ފެނިގެން ގޮސްފައިވާ މޫނެކެވެ.

އޭނާ އަކީ 2007 ވަނަ އަހަރު ރިލީޒްކުރި "ޗީނީ ކުމް" ގައި ލެޖެންޑަރީ އަމީތާބް ބައްޗަންއާ އެކު ސްކްރީން ހިއްސާކުރި ބަތަލާއެއް އެކެވެ. އޭރު އޭނާ އަކީ ވަރަށް ކުޑަ ކުއްޖެކެވެ. ގާތް ގަނޑަކަށް 7 އަހަރުގައި އޭނާ އެފިލްްމް ކުޅެފައިވާ އިރުގައި މިހާރު އެއީ ޒޫވާނެކެވެ.

 

View this post on Instagram

 

A post shared by Swini Khara (@swinikhara)

އުމުރުން މިހާރު 24 އަހަރުގެ ސްވިނީ ޚާރާ ވަނީ އޭނާގެ ވާން އުޅޭ ފިރިމީހާ އުރްވިޝް ދެސާއީ އާއި އެކުގައި ނަގައިފައިވާ އެންގޭޖްމެންޓް ހަފުލާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ.

 

View this post on Instagram

 

A post shared by Swini Khara (@swinikhara)

"އެމް އެސް ދޯނީ" އިން ފެނިގެން ދިއަ ބަތަލާ ވަނީ 2005 ވަނަ އަހަރުގެ ވަރަށް މަގުބޫލު ސިލްސިލާ އެއް ކަމުގައިވާ "ބާ ބަހޫ އޯރް ބޭބީ" ގައި ވެސް ފާހަގަކޮށްލެވޭ ފަދަ ރޯލަކުން ފެނިގެން ގޮސްފައިއެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރުގެ ސިލްސިލާ ޑްރާމާ "ކައްޓާ މީޓާ" އިންނެވެ. 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.