ރާއްޖޭގެ ތާރީހުގައިވެސް ސަރުކާރަކުން ރައްޔިތުންނަށް ވީ ވައުދުތައް މިހާފުރިހަމައަށް ފުރިހަމަކޮށްދެއްވި ސަރުކާރެއް ނުދެކޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިސަރުކާރުން ހިރިލަންދޫގައި ގާއިމްކުރި ޒަމާނީ އިންޖީނުގޭގެ އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނާޝިޒު ވިދާޅުވީ ހިލިލަންދޫއަށް މީގެ ކުރިން ދުވަހަކަވެސް ނުލިބޭ އަދި ނުދެކޭ ތަރައްޤީގެ ބޮޑެތި ކަންތައްތަކެއް ރައްޔިތުން އެދުނު ގޮތަށް ހާސިލް ވެފައިވާކަމަށެވެ. އަދި މިހާރުވެސް އެތައްކަމެއް އެތައް މަޝްރޫއެއް ހިނގަމުންދާކަމަށެވެ.
ކުރިއަށް އޮތީ މިހާރު ކުރިއަށްދާ މަޝްރޫޢުތައް ނިމި ރިބަން ކަނޑާދުވަސްތައް ކަމަށާއި، ހުރިހާ ރިބަނެއް ކަނޑާ ދިނުމުގައިވެސް ރައީސް ބައިވެރިވެ ވަޑައިގަންނަވާނެކަމަށް އުންމީދު ކުރައްވާކަމަށް ނާޝިޒު ވިދާޅުވިއެވެ. ހިރިލަންދޫއެކޭ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ހިންގާ އެކި މަސައްކަތްތައް ނިމި ކުރިއަށް އޮތް ދުވަސްތަަކަކީ ރައީސްގެ ވައުދުތަކުގެ ރިބަންފަށްތައް ކަނޑާ ދުވަސްތައް ކަމަށްވެސް ނާޝިޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އެކި ވެރިން ވެރިކަމަށް އައުމަށް ވައުދުތަކެއްވެ ވެރިކަންތަކެއްވެސް ނިމިގެން ގޮސްފައިވާކަމަށެވެ. ނަމަވެސް ރާއްޖޭގެ ތާރީހުގައިވެސް މިނޫނީ ވީވައުދުތައް މިހާ ފުރިހަމައަށް ފުއްދި ސަރުކާރެއް ނުދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ. ވެރިއަކު ރައްޔިތުން އިންތިޚާބު ކުރަނީ އުންމީދުތަކާއި، ތަރައްޤީއަށް އެދިގެން ކަމަށާއި، އެކަން އެންމެ ރަނގަޅަށް ކަށަވަރު ކޮށްދެއްވީ މިސަރުކާރުން ކަމަށް ނާޝިދު ވިދާޅުވިއެވެ.
ވީވައުދުތައް މިހާ ފުރިިހަމައަށް ފުރިހަމަ ކޮށްދެއްވި ވެރިކަމެއް ދިވެހި ތާރީހުގައިވެސް އަޅުގަނޑު ނުދެކެން. ވެރިޔަކު ރައްޔތުން އިންތިޚާބު ކުރަނީ ކަންތައްތަކެއް ހާސިލް ކުރަމަށް. އެކަން މިަސރުކާރުން ކަށަވަރު ކޮށްދެއްވީ ރައީސް ޞާލިހު.
– ނާޝިޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޞާލިހު ރައްޔިތުންނަށް ހާސިލް ކޮށްދެއްވަމުންދާ ކަންތައްތަކާއިއެކު ރައްޔިތުން ތިބީ ރައީސް ޞާލިހުއާއިއެކު ކުރިއަށް އޮތް ދުވަސްތަކުގައިވެސް އުންމީދީ ތަރައްޤީ ހޯދުމަށްކަމަށެވެ. ރައީސްގެ މަސައްކަތަކީ ރައްޔިތުންނަށް ތަރައްޤީ ހޯދުންކަމަށްވާއިރު އެކަމަށް ބޭނުންވާ ހުރިހާ ރައްޔިތުންނަށް އެކަން ކަށަވަރު ކޮށްދެއްވަމުންދާކަމަށް ނާޝިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީ ޞާލިހާއިއެކު ކުރިއަށް ދިއުމަށް ރައްޔިތުން ތިބީ ކެތްމަދު ވެފައިކަމަށެވެ. އަދ މިހާރު މިފެންނަ ތަރައްޤީ އިތުރަށް ފެނިގެން ދިއުމަކީ ރައްޔިތުން އެދޭ ގޮތްކަމަށެވެ.
ކޮމެންޓު ފޮނުވާ