ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތ. ހިރިލަންދު ވަޑައިގެންނެވުމުން އެރަށުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ހިރިލަންދު އަށް ވަޑައިގަންނަވަނީ އެ ރަށު ސްކޫލްގެ 71 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަމަށެވެ. ރައީސް މިއަދު ވަޑައިގެންނެވުމުން އެތަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ނިކުމެ ރައީސް ޞާލިހަށް މަރުހަބާ ދަންނަވާފައެވެ.
ރައީސްގެ މިދަތުރުފުޅުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި، ޕީީޖީ ގްރޫޕްގެ މެމްބަރުންނާއި، އެދާއިރާގެ މެމްބަރު މުހައްމަދު ނަޝިޒުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
This morning, President @ibusolih arrived in Th. Hirilandhoo Island to join the 71st anniversary celebrations of the Hirilandhoo School. He will also open the new office building of @teamfenaka and the new volleyball court during the visit. pic.twitter.com/QraOCCtpaW
— The President's Office (@presidencymv) March 2, 2023
ހިރިލަންދު އަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި ސްކޫލަށް އަހަރު ފުރުމުގެ ހަފްލާގެ އިތުރުން ކަންކަމުގައި ވެސް ބައިވެރިވެވަޑައިވަޑައިގަންނަވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. ރައީސް، ދާދި ފަހުން ވަނީ ސިންގަޕޫރަށް ހަފްތާއެއްހާ ދުވަހުގެ މުއްދަތަކަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.
ހިރިލަންދޫ ސްކޫލަކީ ރާއްޖޭގެ އަތޮޅު ތެރޭގައި ހުންނަ ދުވަސްވީ ސްކޫލްތަކުގެ ތެރެއިން ސްކޫލެކެވެ. އެ ސްކޫލްގައި ގްރޭޑް 10 އާ ހަމައަށް ކިޔަވާ ދެމުންދާއިރު، 200 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރެއެވެ.