އޮޑިޓުގެ ނިޒާމު ހަރުދަނާކުރުމަށް "ދައުލަތުގެ އިންޓަރނަލް އޮޑިޓް ކޮންފަރެންސް" ގެ ނަމުގައި ޚާއްސަ މަހާސިންތާއެއް ބާއްވަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ފިނޭންސްއިން އިސްނަގައިގެން ކުރިއަށްގެންދާ މިމަހާސިންތާ އޮންނާނީ އަންނަ މާޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދެވަނަ ދުވަހުގެ ނިޔަލަށެވެ. މިމަހާސިންތާގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ އިންޓަރނަލް އޮޑިޓް ރޭވިފައިވާ ގޮތާއި އޮޑިޓާގުޅޭ ޓެކްނިކަލް ދާއިރާތަކާއި ހިންގުމާއި ގުޅޭގޮތުންނެވެ.
ސަރުކާރުގެ އެކި އިދާރާތަކުން 300އެއްހައި މީހުން ބައިވެރިކުރަން ހަމަޖެހިފައިވާ މި މަހާސިންތާގައި ލޯކަލް ކައުންސިލްތަކުން ވެސް ބައިވެރިވާނެއެވެ. އަދި އޮންލައިންކޮށް އިތުރު 400 ފަރާތަކުން ބައިވެރިވާނެއެވެ.
ކޮމެންޓު ފޮނުވާ