ކުރިމިނަލް ކޯޓު ހުޅުމާލޭގެ، ކުރީގެ ކޯވިޑް ފެސިލިޓީއަށް

ކުރިމިނަލް ކޯޓު ހުޅުމާލޭގެ، ކުރީގެ ކޯވިޑް ފެސިލިޓީއަށް

Author
ހުސެއިން
28 ފެބްރުއަރީ 2023 09:49
0

ކްރިމިނަލް ކޯޓް ހިންގަމުންދާ ހަތަރުބުރީގެ އިމާރާތް، ވަރަށް ބޮޑަށް ބައުވެފައިވާ ތަނަކަށްވުމާއި ގުޅިގެން އެ އިމާރާތް ބޭނުން ނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމުމާއި ގުޅިގެން، އެކޯޓު ހިންގުމަށް ހުޅުމާލޭގައި ހުންނަ ކުރީގެ ކޯވިޑް ފެސިލިޓީ ހިންގި އިމާރާތް ސަރުކާރުން ހަމަޖައްސަވާ ދެއްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގައި ހުންނަ ކުރީގެ ކޯވިޑް ފެސިލިޓީ، ކުރިމިނަލް ކޯޓު ހިންގުމަށް ސަރުކާރުން ހަމަޖައްސަވާ ދެއްވުމާއި ގުޅިގެން އެ އިމާރާތަށް ބަދަލުވުމަށް ކުރާންޖެހޭ މަސައްކަތްތައް މިހާރު ކުރިޔަށް ދާކަމުގައެވެ. އަދި މިކަމުގައި ސަރުކާރުން ދެއްވާ އެއްބާރުލެއްވުން ފާހަގަކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ސަރުކާރަށް ޝުކުރު އަދާކޮށްފައި ވެއެވެ.

އެ އެޑްމިނިސްޓްރޭޝަންއިން ބުނެފައިވަނީ ކޯޓުގެ ފަނޑިޔާރުންނާއި، މުވައްޒަފުންނާއި، ކޯޓަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ، ޖޭއެސްސީއިންނާއި އަދި އެ ޑިޕާޓުމަންޓުންވެސް އެންމެ އިސްކަންދޭ ކަންކަމުގައެވެ.

ޖޭެއެސްސީން މީގެ ކުރިން ބުނެފައިވަނީ، ކްރިމިނަލް ކޯޓް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމެންދެން ކޯޓުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކުގެ ސަލާމަތަށްޓަކައި، ބައެއް ބަދަލުތައް ގެނައުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމުގައެވެ.

އެގޮތުން ކްރިމިނަލް ކޯޓު ހިންގަމުން ދާ ދެ އިމާރާތުގެ ތެރެއިން ހަތަރުބުރީގެ ބައު އިމާރާތް ބޭނުންކުރުން ވަގުތުން ހުއްޓާލަން ނިންމާފައި ވެއެވެ. އަދި ކޯޓުން ބޭނުންކުރަމުންދާ އެކްސްޓެންޝަން އިމާރާތުގައި ކުރެވެން ހުރި މަސައްކަތްތައް އަލުން ތަރުތީބުކޮށް ހުއްޓާނުލައި ކުރިއަށްގެންދަން ނިންމާފައިވާއިރު، ކޯޓުގެ މަސައްކަތްތައް މަސައްކަތައް ތަރުތީބުކޮށް, ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށާއި, ވޯކް ފްރޮމް ހޯމްގެ އުސޫލުގެ ދަށުން ކުރިއަށްގެންދަންވެސް ވަނީ ނިންމާފައެވެ.

އަދި ޝިފްޓު ޑިއުޓީގެ އުސޫލުން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ކޯޓުގެ ހިދުމަތް ވީހާވެސް ރަނގަޅަކަށް ދެވޭނޭ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް އެކޮމިޝަނުން ނިންމާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.