ކުރީގެ މަޝްހޫރު އެކްތަރު މިތުން ޗަކްރޮބޮތީގެ ދަރިފުޅު ނަމާޝީ ޗަކްރަބޮތީ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ބޭޑް ބޯއި" ގެ ލަވައެއް ދައްކާލައިފި އެވެ.
އެ ފިލްމް އިން ބެލުންތރިންނަށް ދޫކޮށްލައިފައިވާ ލަވަ އަކީ "ތޭރާ ހުއާ" ކިޔާ ލަވައެކެވެ. ބޮލީވުޑްގެ ސްޓާ ކިޑުން ފިލްމް ތަކުން ބޮލީވުޑްއަށް ތައާރަފް ވަމުން އަންނަ އިރުގައި މި ތުންގެ ދަރިފުޅުގެ ފިލްމް މިހާރު ވަނީ އެއްކޮން ނިންމައި ރިލީޒްކުރުމުގެ މަރުހަލާގައިއެވެ.
ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓްކޮށްފައިވާ ރާޖްކުމާރު ސަންތޯޝީ ހަދާފައިވާ ފިލްމުން ނަމާޝީ އާއި އެކުގައި ފެނިގެންދާނީ އަލަށް ތައާރަފުކުރާ ބަތަލާ އަމްރިން އެވެ.
ހިމޭޝް ރޭޝަމިއާގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ބޮލީވުޑްގައި މިހާރު އެންމެ މަގުބޫލު ފިރިހެން އަޑު ކަމަށްވާ އަރިޖިތު ސިންގުގެ އިތުރުން ޖިއޯތިކާ ތަންގްރީ އެވެ.
މީގެ ފަސް އަހަރު ކުރިން ހަދަންފެށި މި ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދިވެސް އިއުލާނެއް ނުކުރެއެވެ. އަދި ހަމަ އެއާއި އެކު ފިލްމް އާއި ބެހޭ މާ ބޮޑޫ ތަފްސީލެއްވެސް މިހާތަނަށް އާންމު ކޮށްފައިއެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ