ބޮލީވުޑްގެ ފިލްމް ތަކަށް ވުރެ ސައުތުގެ ފިލްމް ތަށް މާ ކާމިޔާބު: ނަސިރުއްދީން ޝާހް

ބޮލީވުޑްގެ ފިލްމް ތަކަށް ވުރެ ސައުތުގެ ފިލްމް ތަށް މާ ކާމިޔާބު: ނަސިރުއްދީން ޝާހް

ގުޅުންހުރި

ބޮލީވުޑްގެ ފިލްމް ތަކަށް ވުރެ ސައުތުގެ ފިލްމް ތަށް މާ މޮޅު ކަމަށް ބޮލީވުޑްގެ ތަޖުރިބާ ކާރު އެކްޓަރު ނަސިރުއްދީން ޝާހު ބުނެފިއެވެ. އޭނާ އަކީ ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމް ތަކެއް ކުޅެފައިވާ ކުޅަދާނާ އެކްޓަރކެވެ.

އޭނާ ބުނިގޮތުގައި ދުވަސްވަރު ބޮލީވުޑުން ފެންނަ ކޮންޓެންޓާ އަޅާ ބަލާއިރު ތަމަޅަ، ކަންނާޑާ، މަލަޔާލަމް އަދި ތެލެގޫ ފަދަ ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީ މިހާރު ވަނީ މާ މޮޅުކޮސްފައި ކަމަށެވެ. އަދި އެމީހުންގެ ފިލްމް ތަށް ބޮލީވުޑްގެ ފިލްމް ތަކަށ ްވުރެ އޮރިޖިނަލް ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ.

އަދި ސައުތު ފިލްމުތަކަކީ "ބޮލީވުޑްގެ ރަހައަށް " ވެދާނެ ކަމަށާއި ނަމަވެސް އެ ފިލްމުތަކުގެ ސްކްރިޕްޓް އެގްޒެކިއުޓް ކުރާ ގޮތަކީ އަބަދުވެސް އެންމެ ފުރިހަމަ ގޮތް ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

މިދިއަ އަހަރަށް ބަލައިލިއަށް މިކަން ވަރަށް ރަނަގޅަށް ވަނީ އެނގިގެން ގޮސްފައިއެވެ. މިދިއަ އަހަރު ނަން މަޝްހޫރު ބޮޑެތި ތަރިން ހިމެނޭ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް އުއްމީދުނުކުރާވަރަށް ފެއިލް ވެފައި ވުމެއެވެ. ނަމަވެސް ސައުތުން ވަނީ އެ ތަފާތު ދައްކައިފައިއެވެ. އެގޮތުން "ކޭޖީއެފް"، "ޕުޝްޕާ: ދަ ރައިޒް"، އަދި "އާރްއާރްއާރް" ފަދަ ސައުތު ފިލްމުތައް ވަނީ ހިންދީ ފިލްމުތަކުގެ މަށްޗަށް ކުރި ހޯދާފައިއެވެ.

އިތުރަށް ވާހަކަ ދައްކަމުން ތަޖުރިބާކާރު އެކްޓަރު ބުނީ ހިންދީ ފިލްމުތަކަށް ވުރެ ދެކުނުގެ ފިލްމުތަކަށް މިހާރު ބެލުންތެރިންގެ ޝައުގުވެރިކަން ބޮޑު ކަމަށެވެ. އޭނާ ބުނީ ތަމަޅަ، ކަންނާޑާ، މަލަޔާލަމް، ތެލެގޫ ބަހުން އުފައްދާ ކޮމާޝަލް ފިލްމުތަކަކީ ވެސް މާ އޮރިޖިނަލް ފިލްމުތަކެއް ކަމަށެވެ. ނަސީރުއްދީން ފާހަގަ ކުރި ގޮތުގައި ސައުތު އިންޑަސްޓްރީތަކުން އަހަރުތަކެއް ވަންދެން އެކަން ކުރަމުން އަންނަތީ މިއީ އާ ކަމެއް ނޫނެވެ.

ނަސީރުއްދީން އިތުރަށް ބުނީ ސައުތު އިންޑިއާގެ ފިލްމުތައް ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި ހިންދީ ސިނަމާގެ ގިނަ ފިލްމުތަކަށް ވުރެ އެ މީހުންގެ ފިލްމުތައް ރަނގަޅުވަނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށެވެ.

އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ތަބޫ، އަރުޖުން ކަޕޫރު، ރާދިކާ މަދަން، ކޮންކޮނާ ސެންޝަރްމާ، ކުމުދު މިޝްރާ އަދި ޝަރުދުލް ބަރްދްވާޖް އާ އެކު "ކުއްތޭ"އިންނެވެ.މި ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބެއް ނުލިބުނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ އެމްޕެރާ އަކްބަރުގެ ރޯލުންނެވެ. އެއީ "ތާޖް-ޑިވައިޑް ބައި ބްލަޑް" ގެ ނަމުގައި ކުރިއަށް އޮތް ތާރީހީ ޑްރާމާ ސިލްސިލާއިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ