އައްލު އަރުޖުން އަކީ ތެލެގޫ ފިލްމު އިންޑަސްޓްރީގެ އެންމެ ބޮޑު އެއް ނަމެވެ. އެގޮތުން އޭނާގެ މަގުބޫލު ކަން މިހާރު ވަނީ އެތަށް ގުންއެއް އިތުރު ވެގެން ގޮސްފައިއެވެ. މިދިއަ އަހަރު ނެރުނު އޭނާގެ ފިލްމް "ޕުޝްޕާ" ވެގެން ގޮސްފައިވަނީ ބޮކްއޮފީހުގައި ގިން ރެކޯޑް ތަކެއް މުގުރާލި ފިލްމް އަކަށެވެ.
ކެރިސްމެޓިކް ސްޓައިލާއި ބާރުގަދަ އެކްޓިންއަށް މަޝްހޫރުވި އޭނާ އަކީ ދެކުނުގެ އިތުރުން މުޅި ދުނިޔޭގައި ވެސް ބޮޑު ނަމެއް ހޯދާފައިވާ ފަންނާނެކެވެ. އެންމެ ފަހުން ރިލީޒްކުރި "ޕުޝްޕާ" ގައި އޭނާ ކުޅުނު އެކްޓިންގެ ސަބަބުން ބެލުންތެރިންގެ އިތުރުން ރަންބީރު ކަޕޫރު ވެސް ހިމެނޭ ބޮލީވުޑްގެ ބައެއް އެކްޓަރުންގެ މެދުގައި ވަނީ އޭނާ ވަރަށް ބޮޑަށް މަގުބޫލު ވެގެން ގޮސްފައިއެވެ.
ދާދި ފަހުން އޭނާގެ ކުރިއަށް އޮތް ފިލްމު "ތޫ ޖޫތީ މޭ މައްކާރް" ޕްރޮމޯޓް ކުރުމުގެ ގޮތުން ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަމުން އެކްޓަރު ވަނީ ޕުޝްޕާގައި އައްލޫ އަރްޖުންގެ ކެރެކްޓާ ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.
"މިކަހަލަ ކެރެކްޓާއެއް ލިބުނު ނަމަ ވަރަށް ހަބޭސް ވާނެ،" އައްލޫ އަރުޖުންގެ ކެރެކްޓާ ކުޅެން ބޭނުންވާ ކަން ހާމަކޮށް ރަންބީރު ކަޕޫރު ބުންޏެވެ.
ރަންބީރު ބުނީ ފާއިތުވި ދެ އަހަރުގެ ތެރޭގައި ޕާފޯމަންސަށް ބަލާއިރު އޭނާ އަށް އެންމެ ކަމުދިއަ ތިން ފިލްމަކީ "ޕުޝްޕާ"ގެ އައްލޫ އަރްޖުން، "ގަންގޫބާއީ"ގެ އާލިއާ ބަޓް އަދި "އާރްއާރްއާރް" އަކީ އޭނާ އަށް ވަރަށް ކަމުދިއަ ތިން ފިލްމް ކަމަށެވެ.
"މި ހުރިހާ ފިލްމަކުން ވެސް އަޅުގަނޑަށް ވަރަށް އަސަރުކުރި، ބެލުންތެރިންގެ ހައިސިއްޔަތުން، އެކްޓަރެއްގެ ހައިސިއްޔަތުން ވެސް އަހަރެން ވަރަށް ކަމުދިއަ ތި ފިލްމް އެއީ މިކަހަލަ ކެރެކްޓާއެއް ލިބުނު ނަމަ ވަރަށް ބުނީހީ އާއެކޭ،" އޭނާ ބުންޏެވެ.
ރަންބީރު މިހާރު މަސައްކަތް ކުރަމުން ދަނީ އޭނާގެ ކުރިއަށް އޮތް ފިލްްމް "ތޫ ޖޫތީ މޭ މައްކާރް" ގެ ޕްރޮމޯޝަން ތަކުގަިއ ވަރަށް ބިޒީ ވެގެންނެވެ. މި ފިލްމް އަކީ ރޮމޭންޓިކް ފިލްމްއެކެވެ. ރަންބިރު އާއި އެކުގައި ފިލްމް އިން ފެނިގެން ދާނީ ޝްރައްދާ ކަޕޫރެވެ.