މޯބައިލް ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

މޯބައިލް ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

ގުޅުންހުރި

މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.

ވީޑިއޯއާއިއެކު ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ މީހާއަކީ 2023 ފެބްރުއަރީ 14 ވަނަ ދުވަހުގެ ވަގުތެއްގައި ރަސްފަންނުގައި ހުންނަ ކިއޮސްކްގައި ބާއްވާފައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާފަންނު ޕޮލިސް އިންވެސްޓިގޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެކެވެ.

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސްގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ