ތާރާ ރާއްޖޭގައި ނެގި މި ފޮޓޯ ލޯބިވެރިޔާއަށް ވަރަށް ކަމުގޮސްފި

ތާރާ ރާއްޖޭގައި ނެގި މި ފޮޓޯ ލޯބިވެރިޔާއަށް ވަރަށް ކަމުގޮސްފި

Author
ފާތިމަތު ނާވީ
27 ނޮވެމްބަރ 2020 08:52
0

ތާރާ ސުތާރިއާ އާއި އޭނާގެ ލޯބިވެރިޔާ އަދަރް ޖޭން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ވަނީ މުމްބާއީއަށް އެނބުރި ގޮސްފައިއެވެ. މިދެމީހުން މުމްބާއީ އެއާޕޯޓުން އެކުގައި ފެނިފައިވެއެވެ.

ދެމީހުންވެސް ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކުން ފޭނުން އާޝޯހުކުރަމުން ދާއިރު، ބުރާސްފަތި ދުވަހުވެސް ތާރާ ވަނީ އަވިން މޫނު ދިއްލާލައިފައިވާ ވަރަށް ރީތި ފޮޓޯއެއް ފޭނުންނާ ހިއްސާކޮށްފައެވެ. އަދި އޭނާވަނީ އިރުގެ އަލީގައި ނަގާފައިވާ ފޮޓޯތަކުން އެތައްބައެއްގެ އަދި އޭނާގެ ލޯބިވެރިޔާ އަދަރް ޖޭންގެ ހިތްވެސް އަތުލާފައެވެ.

އޭނާގެ އިންސްޓާގްރާމް އެކައުންޓަށް ބަލާލާއިރު، ރާއްޖޭގައި އޭނާ ނަގާފައިވާ ފޮޓޯގައި ފެނިގެންދަނީ ރީތި ހެދުމެއްގައި ހުދުކުލައިގެ ކަންފަތުލާއެއްޗިސްއާއިއެކު ބޮލަށްހުޅިއެއްޖަހައިގެން އަވީގައި އިންދާއެވެ. މި ފޮޓޯއަށް ތާރާގެ ލޯބިވެރިޔާ އަދަރް ޖޭން ވެސް ލައިކުކޮށްފައިވާ އިރު ދާދިފަހުން ރާއްޖޭގައި ޗުއްޓީހޭދަކުރި ޓައިގާ ޝްރޮފްގެ ކޮއްކޮ ކްރިޝްނާ ޝްރޮފްވެސް މި ފޮޓޯއަށް ވަރަށް ލޯބި ކޮމެންޓެއް ކޮށްފައިވެއެވެ.

 

View this post on Instagram

 

A post shared by TARA? (@tarasutaria)

ތަރާގެ ކުރިއަށް ހުރި ފިލްމު ތަކަށް ބަލާއިރު އެންމެ އަވަހަށް އޮތީ އަހާން ޝެޓީ އާއިއެކު "އާރް އެކްސް 100 " އެވެ. އަދި ޓައިގާ ޝްރޮފްއާއިއެކު ފެނިގެންދާ "ހީރޯޕަންތީ 2″ ގެ ކާސްޓްއާ ވެސް ތާރާ ވަނީ ގުޅިފައެވެ. މި ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ 16 ޖުލައި 2021 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.