ޖޭޕީގެ ޑެޕިއުޓީ ލީޑަރުންނަށް ނަހުލާ، އަމީން، ސައުދު، ޝާހް، އިގްބާލް އިންތިޚާބުވެއްޖެ

ޖޭޕީގެ ޑެޕިއުޓީ ލީޑަރުންނަށް ނަހުލާ، އަމީން، ސައުދު، ޝާހް، އިގްބާލް އިންތިޚާބުވެއްޖެ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން ޢާއިޝަތު ނަހުލާއާއެކު ފަސް ބޭފުޅަކު އިންްތިހާބުކޮށްފިއެވެ.

މިއީ މިފަހަރުގެ ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި އެންމެ ވާދަވެރި މަޤާމެވެ. މިމަޤާމަށް ވާދަކުރެއްވި ބޭފުޅުންގެތެރެއިން މިހާރުގެ ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސިޔާސީ މަޤާމެއްގައި ހުންނެވި ބޭފުޅަކަށް ހޮވިވަޑައިގަތީ ޤާސިމްގެ އަނބިކަނބަލުން ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަޙުލާ އެކަންޏެވެ.

ޑެޕިއުޓީ ލީޑަރުގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އޭގެ ތެރެއިން ފިޝާރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަނާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީއާއި ކޮންޓްރޯލާ އޮފް އިމިގްރާޝަން މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) އާއި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު ޢަލީ ހަމީދަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީއާއެވެ.

ޑެޕިއުޓީ ލީޑަރު އިންތިހާބުވީގޮތް:

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ – 558 ވޯޓު
ކުރީގެ ޓްރާންސްޕޯޓް މިިނިސްޓަރު އަމީން އިބްރާހިމް – 327 ވޯޓު
ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހު – 277 ވޯޓު
ފެނަކަ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އިގްބާލް އާދަމް – 263 ވޯޓު
ޖޭޕީގެ ކުރީގެ ނައިބު ރައީސް އަހުމަދު ސައުދު – 275 ވޯޓު
ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު (އަބްޅޯ) – 258 ވޯޓު
އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ – 255 ވޯޓު
އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދު – 198 ވޯޓު
ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން – 147 ވޯޓު
އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަަދު އަހުމަދު (ހަނަފީ) – 143 ވޯޓު
ޔަޝްފާ އަބްދުލްޣަނީ – 138 ވޯޓު
ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު މޫސާ ނިޒާރު – 102 ވޯޓު

ރޭ ބޭއްވި ޖޭޕީ ކޮންގްރެސްގެ ބައްދަލުވުމުގައި ވަނީ އެޕާޓީން އަންނަ ރިޔާސީ އިންތިޚާބަށް ވަކިން ނުކުންނަން ލަފާދީ ޤަރާރެއް ފާސްކޮށްފައެވެ.

އިންތިހާބަކާ ނުލައި ޖޭޕީގެ ލީޑަރަކަށް މިފަހަރުވެސް ހޮވިފައި ވަނީ، ގާސިމް އިބްރާހީމެވެ. ޑެޕިއުޓީ ލީޑަރުގެ މަގާމުގެ އިތުރަށް ޖޭޕީގެ ކައުންސިލަށް 25 މެންބަރުން އިންތިހާބުކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *