ވާދަވެރިކަން ބޮޑު ޖޭޕީގެ އެތެރޭގެ އިންތިޚާބު ވޯޓުލުން ކުރިއަށް!

ވާދަވެރިކަން ބޮޑު ޖޭޕީގެ އެތެރޭގެ އިންތިޚާބު ވޯޓުލުން ކުރިއަށް!

ރާއްޖޭގައި ތިން ވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އެކިއެކި މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވަ ވޯޓުލުން އެޕާޓީން ކޮންގްރެސްގައި ފެށިއްޖެއެވެ.

ވާދަވެރިކަން ބޮޑު މި އިންތިޚާބުގައި ކައުންސިލް މެމްބަރުންގެ ގޮތުގައި 25 މެމްބަރުން އިންތިޚާބު ކުރާނެއެވެ. އަދި އެންމެ ބޮޑު ވާދަވެރިކަމެއް އޮތް ޖޭޕީގެ ފަސް ނައިބް ލީޑަރުންވެސް މިއަދު އިންތިޚާބު ކުރާނެއެވެ. މިމަޤާމަށް 12 ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ.

މިއަދު ވޯޓުލުން ކުރިއަށްދާ މަގާމުތަކަކީ:

– ފަސް ނައިބު ލީޑަރުން
– ކައުންސިލްގެ 25 މެމްބަރުން
– ޒުވާނުންގެ ލީގުގެ ސެކެއްޓަރީ
– ޒުވާނުންގެ ލީގުގެ ދެ މެމްބަރުން
– އަންހެނުންގެ ލީގުގެ ރައީސް
– އަންހެނުންގެ ލީގުގެ ނައިބު ރައީސް
– އަންހެނުންގެ ލީގުގެ ދެ މެމްބަރުން

މިއަދު ހެނދުނު ދަންފަޅީގައި ޖުމްހޫރީ ޕާޓީގެ 4 ވަނަ ޤައުމީ ކޮންގްރެންސްގެ ތެރެއިން އިންތިޚާބަކާއި ނުލާ މަޤާމުތަކަށް ހޮވުނު ފަރާތްތައް އެޕާޓީގެ އިންތިޚާބީ ކޮމިޓީން ވަނީ އިއުލްނާކޮށްފައެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެޕާޓީގެ އިންތިޚާބީ މަޤާމަކަށް އެންމެ ކެނޑިޑޭޓަކު ކުރިމަތިލައިފިނަމަ ވޯޓުލުމަކާއި ނުލައި އެކެނޑިޑޭޓަކު މަޤާމަށް އިންތިޚާބުވާނެއެވެ.

ވޯޓުލުމަކާއި ނުލައި އެކި މަޤާމުތަކަށް ހޮވިފައިވާ ފަރާތްތަކުގެ ތެރޭގައި އެޕާޓީގެ ލީޑަރުގެ މަޤާމަށް ޤާސިމް އިބްރާހީމްވަނީ އިންތިޚާބުވެފައެވެ. މީގެ އިތުރުން ޒުވާނުންގެ ލީގުގެ ރައީސްގެ މަޤާމަށް ޔާމީންއާއި، ޒުވާނުންގެ ލީގުގެ ނައިބު ރައީސްގެ މަޤާމަށް ޝުޢައިބު ޝިފާޒް ޝަރީފްއާއި، އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް އައިޝަތު ޝޫޒާ އަޙްމަދުވަނީ ވޯޓަކާ ނުލާ އިންތިޚާބުވެފައެވެ.

އިއްޔެއިން ފެށިގެން ކުރިއަށްދާ ޖޭޕީގެ ޤައުމީ ކޮންގްރެންސްގައި ޕާޓީގެ މެމްބަރުގެ އަޣްލަބިއްޔަތުންވަނީ ޖޭޕީގެ ރައީސްގެ މަޤާމާއި ނައިބު ރައީސްގެ މަޤާމު އުވާލާފައެވެ. މިމަޤާމުތައް އުވާލުމުގެ ކުރިން ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދެވެ. އަދި ނާއިބު ރައީސްއަކަށް ހުންނެވީ އަޙްމަދު ސަޢުދެވެ. މިމަޤާމުތައް އުވާލުމާއި ގުޅިގެން މިވަގުތު ޖޭޕީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ލީޑަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *