ޖޭޕީގެ ރައީސާއި ނާއިބު ރައީސްގެ މަޤާމު އުވާލައިފި

ޖޭޕީގެ ރައީސާއި ނާއިބު ރައީސްގެ މަޤާމު އުވާލައިފި

ޖުމްހުރީ ޕާޓީ(ޖޭޕީ)ގެ ރައީސް އަދި ނައިބު ރައީސްގެ މަގާމު އުވާލައިފިއެވެ.

މި ދެމަގާމު އުވާލަން ފާސްކޮށްފައިވަނީ މިހާރު ކުރިއަށްދާ ޖޭޕީގެ ހަތަރުވަނަ ގައުމީ ކޮންގްރެސްގައެވެ. މަގާމު އުވާލަން ވޯޓަށް އެހީ އިއްޔެގެ ކޮންގްރެސް ބައްދަލުވުމުގައި ނަމަވެސް މިމަގާމުތައް އުވާލަން ނިންމާފައި ވަނީ ކޮންގްރެސްގެ ކުރީން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައެވެ.

ޖޭޕީގެ ރައީސްގެ މަޤާމުގައި މިހާތަނަށް ހުންނެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދެވެ. އޭނާ އަަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކުގައި ކޯޓުގައި ޝަރީއަތް ކުރިއަށް ދަނިކޮށް، މިވަގުތު ހުންނެވީ ބޭސްފަރުވާއަށް ކަަމަށް ބުނެ ބޭރަށް ވަޑައިގެން ގޮތަށް ބޭރުގައެވެ. އަދި ނާއިބު ރައީސްއަކަށް ހުންނެވީ އަޙްމަދު ސަޢުދެވެ.

މި މަގާމު އުވާލުމުން ދެން އެޕާޓީގެ އެންމެ އިސްމަގާމުގެ ގޮތުގައި އޮންނާނީ ލީޑަރު އަދި 4 ނައިބު ލީޑަރުންގެ މަގާމެވެ. މި މަގާމަށްވެސް މި ކޮންގްރެސްގައި ބޭފުޅުން އައްޔަން ކުރައްވާއިރު، ލީޑަރުގެ މަގާމަށް މިފަހަރުވެސް ކުރިމަތިލައްވާފައިވަނީ ގާސިމް އިބްރާހިމްއެވެ. ނައިބުގެ މަގާމަށް އަނބިކަނބަލުން އައިޝަތު ނަހުލާ ވަނީ ކުރިމަތިލައްވާފައެވެ.

ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމު އުުވާލަން ނިންމިއިރު، ޕާޓީގެ ލީޑަރުގެ މަގާމު އުވާލުމަށްފަހު، ޕާޓީގެ އެންމެ އިސް މަގާމަކީ ރައީސް ކަމުގެ މަގާމު ކަމުގައި ކަނޑައެޅުމަށް އެޕާޓީގެ ކައުންސިލު ބައްދަލުވުމަށް ކޮންގްރެސްގެ ކުރީން ހުށަހެޅުނެވެ. ނަމަވެސް އެކަން އެގޮތަށް ފާސްވެފައެއް ނުވެއެވެ.

ޖޭޕީގެ ރައީސްއާއި ނާއިބު ރައީސްގެ މަޤާމު އުވާލުމާއި ގުޅިގެން، އެޕާޓީގެ އެންމެ އިސް ފަރާތަކީ ލީޑަރެވެ. އޭގެ ފަހަތުން ފަސް ނާއިބު ލީޑަރުން ތިއްބަވާނެއެވެ. ޖޭޕީގެ ލީޑަރުކަމަށް ކުރިމަތިލެއްވީ މިހާތަނަށްވެސް ލީޑަރުކަމުގައި ހުންނެވި ޤާސިމް އިބްރާހީމެވެ. އެހެންކަމުން ޤާސިމް ވަނީ ވޯޓަކާ ނުލައި އެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *