ޒީ ސިނެ އެވޯޑްސް ހުށައަޅަނީ ކުރާނާ ބްރަދާސް

ޒީ ސިނެ އެވޯޑްސް ހުށައަޅަނީ ކުރާނާ ބްރަދާސް

Author
ފާތިމަތު ނާވީ
27 ފެބްރުއަރީ 2023 08:13
0

ބޮލީވުޑްގެ މަޝްހޫރު އެވޯޑް ޝޯވ އެއް ކަމުގައިވާ ޒީ ސިނެ އެވޯޑްސް ބޮލީވުޑްގެ އެއްބަޑު އެއްބަފާ ދެ ބެއިން ކަމުގައިވާ އަޔުޝްމަން ކުރާނާ އަޕަރްޝަކްތީ ކުރާނާ ކަމަށް ހަބަރުތަށް ބުނެފިއެވެ.

އަޔުޝްމާން އަކީ ފިލްމް ތަކުގައި ތަފާތު މޮޅެތި ރޯލުތަށް ކުޅެއް މަޝްހޫރު ތަރިއެކެވެ. އެގޮތުން 2012 ވަނަ އަހަރު ޝޫޖިތު ސިރްކާރްގެ "ވިކީ ޑޯނާ" އިން އާންމުންގެ ބޮޑު މަގުބޫލު ކަމެއް އޭނާ ވަނީ ހޯދައިފައިއެވެ.

ހަމަ އެފަދައިން އޭނާގެ ކޮއްކޮ އަޕަރްޝަކްތީ ކުރާނާ ވެސް ވަނީ ފާއިތުވި އަހަރުތަކުގައި ފިލްމުތަކާއި ވެބް ސީރީޒްތަކުން އޭނާގެ ހުނަރު ދައްކާލުމުގައި ކާމިޔާބީތަކެއް ހޯދާފަ އެވެ.

ދެ ބެއިންގެ އެކްޓިން ހުނަރު މީހުންގެ ސަޕޯޓް ހޯދަމުން އަންނަ މި ދެ މީހުން މިހާރު އަންނަނީ އަންނަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު މުމްބާއީގައި ބާއްވާ މި އަހަރުގެ ޒީ ސިނެ އެވޯޑްސްގެ ހޯސްޓުންގެ ހައިސިއްޔަތުން ދެ ތަރިންގެ ކޮމިކް ހުނަރު ދައްކާލަން މިހާރު ވަނީ ތައްޔާރުވެފަ އެވެ. މި ޝޯގެ ހޯސްޓަކަށް އަޔޫޝްމަން ހަމަޖެއްސިކަން ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ. ކޮއްކޮ އޭނާއާ ގުޅުނު ކަމުގެ ޚަބަރު މިހާރު ވަނީ ހަބަރުތަށް ރިޕޯޓްކޮށްފައިއެވެ.

އަޔުޝްމާންއާއި އެކު ސްޓޭޖް ޝެއާ ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އަޕަރްކްޝަކްތީ ބުނީ އޭނާއާ އެކު މަސައްކަތް ކުރުމަކީ އަބަދުވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

" އެއީ ޕްރޮފެޝަނަލް ކޮމިޓްމަންޓެއްކަން އަހަރުމެންނަށް އެނގޭ. އެކަމަކު އަޅުގަނޑުމެންގެ ޕާސަނަލް ބެކްގްރައުންޑަށް ބަލާއިރު، ޔަގީނުން ވެސް ޝޯއަށް ހިތްގައިމުކަމާއި މަޖާ ކަމުގެ ފަށަލައެއް އިތުރުވެގެންދާއިރު، އަހަރެން އުންމީދު ކުރަނީ އެކަން ސްޓޭޖަށް ގެނެވޭނެ ކަމަށް. " އަޕަރްކްޝަކްތީ ބުނެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.