ޕާޓީއެއްގެ ދޮޅަހަކަށް މީހުން ބަންދުތާކުތިބެ ނަގާހާ ސްޓޭންޑަކީ، ބުރަދަން ހުންނަ އެއްޗެއްނޫން: ވައްޑެ

ޕާޓީއެއްގެ ދޮޅަހަކަށް މީހުން ބަންދުތާކުތިބެ ނަގާހާ ސްޓޭންޑަކީ، ބުރަދަން ހުންނަ އެއްޗެއްނޫން: ވައްޑެ

Author
މުޙައްމަދު ޝަޒައިމް
25 ފެބްރުއަރީ 2023 09:38
0

ޕާޓީއެއްގެ ދޮޅަހަކަށް މީހުން ބަންދުތާކުތިބެ ނަގާހާ ސްޓޭންޑަކީ، ބުރަދަން ހުންނަ އެއްޗެއްނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ވައްޑެ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވި ކުރިއަށް އޮތް ރިޔާސީ އިންތީޚާބުގައިި ރައީސް ޞާލިިހާއިއެކު ކުރިއަށް ދިއުމަށް އެމްޑީއޭއާއި، އަދާލާތު ޕާޓީގެ ކައުންސިލުން ނިންމި ނިންމުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. މެމްބަރު ވަހީދު ވިދާޅުވީ ސިޔާސީ ގޮތުން މިހާރު ރާއްޖޭގެ ކަންކަން ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ.

ސިޔާސީ ޕާޓީތަކުން އެޕާޓީގެ ލީޑަރޝިޕްގައި ތިބޭ މަދު ބަޔަކަށް ފައިދާވާހާ ގޮތަކަށް ނިންނާ ނިންމުންތަކާއި، ނަގާ ސްޑޭންޑް ތަކަކީ މިހާރު ރައްޔިތުން އެކަންކަމަށް މާބޮޑު ސަމާލުކަމެއް ދޭ ކަންތައްތަކެއް ނޫންކަމަށް ވައްޑެ ވިދާޅުވިއެވެ. އަދި އަމުރުން ޕާޓީގެ މަދު މެމްބަރުންތަކެއް ތަމްސީލް ވާގޮތަށް ބާއްވާ ބައްދަލުވުމެއްގައި ނިންމާ ނިންމުމަކީ ޕާޓީގެ މެމްބަރުންގެ ނިންމުމަކަށް ނުވާނެކަމަށްވެސް ވައްޑެ ވިދާޅުވިއެވެ. އަދި އެއީ ރައްޔިތުން ނިންމާ ވޯޓުގައި އެއްވެސް ބުރަދަނެއް ހުންނާނެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ނަގާހާ ސްޓޭންޑަކަށް، ވަރަށް ކަނުކޮށް ތިބެ ތަބާވުމުގެ އާދަ އާއްމުންގެ ކިބައިގާ ވަރަށް ކުޑަވެފައިވާ ދުވަސްވަރެއްގައި، ވަރަށް ކުޑަކުޑަ ޕާޓީއެއްގެ ދޮޅަހަކަށް މީހުން ބަންދުތާކުތިބެ ނަގާހާ ސްޓޭންޑަކީ، ވޯޓުގެ އަދަދުން ބަލާނަމަ ބުރަދަނެއް ހުންނާނެ އެއްޗެއް ނޫން.

– ވައްޑެ ވިދާޅުވިއެވެ.

މެމްބަރު ވައްޑެއަކީ ރައީސް ނަޝީދުގެ ފެކްޝަންގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ރައީސް ޞާލިހަށް ލިބުނު ހިސާބުން ރައީސް ނަޝީދާއި، އެމަނިކުފާނަށް ތާއީދު ކުރާ މެމްބަރުން ދަނީ ރައީސް ޞާލިހާއި ދެކޮޅަށް ރަސްމީކޮށް ނިކުންނަވާފައެވެ. އަދި ރިޔާސީ އިންތިޚާބުުގައި ރައީސް ޞާލިހާއިއެކު ކުރިއަށް ގޮސްގެން ލިބޭނެ ފައިދާއެއް ނެތްކަމަށް ދަނީ ބުނަމުންނެވެ.

ކުރިއަށް ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ވާދަ ކުރެއްވުމާއި ގުޅޭގޮތުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ނަަމަވެސް އެމަނިކުފާނު ގެންދަވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ހަރަކާތެއް ހިންގަމުންނެވެ. އެހަރަކާތުން މިހާތަނަށް 50،000 މީހުންގެ ސޮއި ލިބިފައިވާކަމަށް ދާދި ފަހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.