ބޮލީވުޑްގެ ބިރު ކުޑަ އަދި ޖެހިލުމެއް ނެތި ބޭނުން އެއްޗެއް ބުނެލާ ބަތަލާ ގެ ގޮތުގައި މަޝްހޫރު ކަންގަނާ ރަނާވަތު ސޯޝަލް މީޑިއާގައި މަދުބަލާގެ ފޮޓޯތަކެއް ހިއްސާ ކޮށް އޭނާ އަކީ މިހާރުގެ މަދުބަލާ ކަމަށް ދައުވާ ކޮށްފިއެވެ.
މަދުބަލާގެ ފޮޓޯ ތަކާއެކުގައި އޭނާގެ ފޮޓޯވެސް ހިއްސާ ކޮށް ކަންގަނާ ބުނީ މަދުބަލާގެ ބައޯޕިކް އެއް އޭނާ ކުޅުމަށް ގިން ބަޔަކު އެދޭ ކަމަށެވެ. އަދި އިންޑަސްޓްރީގެ އާ ކޮޅުގައި އޭނާ އަށް އެކަން ކުރެވޭނެ ކަމުގެ ބޮޑޫ ޔަގީން ކަމެއް އޮތް ކަމަށް އޭނާ ބުނެފައިއެވެ.
"އިމްޖެންސީ" ގެ ޝޫޓިންގައި ބިޒީވެފައިވާ ކަންގަނާ ވަނީ މަދޫބާލާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް އޭނާގެ ޒުވާން ވާޝަން ކުރީގެ ތަރިއާ އަޅާކިޔާފަ އެވެ. މުނިފޫހިފިލުވުމުގެ ޕޯޓަލްއަކުން ހިއްސާކުރި ލިޔުމަކަށް އިޝާރާތްކޮށް، މަދޫބާލާގެ ބައޮޕިކްގައި މަދޫބާލާގެ ރޯލު ކުޅެވޭނެ ބަތަލާއިންގެ ތެރޭގައި ހިމެނޭ ބަތަލާއެއްގެ ގޮތުގައި މުހާތަބުކޮށްފައިއެވެ.
"މީހުން ބޭނުންވަނީ އަހަރެން ސްކްރީނުގައި ސިނަމާ ދޭވީ މަދޫބާލާގެ ރޯލު ކުޅެން ބޭނުންވާތީ، އަހަރެން ފެށުނު އިރު އަހަރެން ނަކީ މަދޫބާލާގެ ޒުވާން ދުވަސްތަކުގެ ރެޕްލިކާއެއް ކަމަށާއި މިހާރު އެކަމާ މެދު ޔަގީންކަމެއް ނެތް"

އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު ކަންގަނާ ރަނާވަތު ފެނިގެންދާނީ 70 ގެ އަހަރުތަކުގެ ތެރޭގައި ބިނާކޮށް ގެެނެސްދޭ ފިލްމް "އިމަޖެންސީ" އިންނެވެ. މި ފިލްމް އަކީ އިންޑިއާގެ މަޝްހޫރު ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުން އޭނާ ފެނިގެންދާ ފިލްމްއެކެވެ.
ބަތަލާ އަމިއްލައަށް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަނޫޕަމް ކޭރް، ޝްރެޔަސް ތަލްޕަޑޭ، މަހީމާ ޗައުދަރީ، މިލިންދު ސޯމަން، ވިޝާކް ނާޔަރު، ސަތީޝް ކޯޝިކް ފަދަ ތަރިން ހިމެނެ އެވެ. މީގެ އިތުރުން ފިލްމް "ތޭޖާސް" ގައި އެއާފޯސް ޕައިލެޓްގެ ރޯލުން ވެސް އޭނާ ފެންނާނެ އެވެ.
ކޮމެންޓު ފޮނުވާ