ޔާމީ ގޯތަމް އާއި ސަނީ ކޯޝަލް ލީޑް ރޯލުން ފެނިގެންދާ "ޗޯރް ނިކަލް ކޭ ބާގާ" ޕްރިމިއާ ކުރާ ދުވަސް ނެޓްފްލިކްސް އިން އާންމުކޮށްފިއެވެ.
މެޑޮކް ފިލްމްސްގެ އަމަރް ކޯޝިކް އާއި ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް އަޖޭ ސިންގް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޑްރާމާ، ލޯތްބާއި ބަދަލު ހިފުމާއި ގެއްލުމާއި ރޮމޭންސް ފަދަ އެތައް ކަމެއްގެ ހަލަބޮލި ދަތުރަކަށް ގެންގޮސްދޭނެ ހަލުވި އަދި ތަފާތު ހެއިސްޓް-ތުރިލާއެކެވެ.
ފިލްމު ރިލީޒްކުރާނެ ތާރީހެއް އިއުލާންކޮށްފައިވާއިރު، އަންނަ މާޗް މަހުގެ ތެރޭގައި ފިލްމު ޕްރިމިއާ ކުރަން ވަނީ ތައްޔާރުވެފަ އެވެ. ޗޯރް ނިކަލް ކޭ ބަގާ އެކްސްކްލޫސިވްކޮށް ނެޓްފްލިކްސް އިން ރިލީޒްކުރާނީ 24 މާޗް 2023 އިން ފެށިގެންނެވެ.
"ޗޯރް ނިކަލް ކޭ ބަގާ" އަކީ އެއާ ހޮސްޓެސް އަކާއި އޭނާގެ ލޯބިވެރިޔާ އަދި ވިޔަފާރިވެރިޔެއް ބޮޑު ލޯނެއްނަގައި އެކަމުން ސަލާމަތް ވުމަށް ޑައިމަންޑް ވަގަށް ނެގުމުގެ މަސައްކަތުގައި އުޅޭ ވާހަކަ އެކެވެ. އެހެންނަމަވެސް، ޑައިމަންޑްތައް ހިފައިގެން އައި މަތިންދާބޯޓު ބަނގުރޫޓުވެފައިވާ ޙާލަތެއްގައި ހިފެހެއްޓުމުން، ދެން ދިމާވާ ކަންތަށް ތަކެއްވެސް މި ފިލްމް އިން ފެނިގެންދާނެއެވެ.
ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޑައިރެކްޓަރު އަޖޭ ސިންގް ބުނީ މިއީ ވަރަށް ހިތްގައިމު، ރޯލާ ކޯސްޓާ ރައިޑެއް ކަމަށާއި ތަފާތު ސްޓޯރީލައިނަކާއެކު މި ޕޭސް ޑްރިވެން ތުރިލާ ޝޫޓްކޮށްފައިވާ ކަމަށެވެ. ޔާމީ އާއި ސަނީ ޑައިރެކްޓްކޮށް، އެ މީހުންގެ ޕާފޯމަންސްތަކާއި ޕްލޮޓްގެ ތެރެއިން މި ފިލްމު ފެނިގެން ދިއުމަކީ ވަރަށް ހިތްގައިމު ކަމެއް ކަމަށް ވެސް ބުނެފައިއެވެ.