ޖޭޕީގެ ގައުމީ ކޮންފަރެންސް ފަށައިފި، ނައިބް ރައީސް ބައިވެރިއެއް ނުވޭ!

ޖޭޕީގެ ގައުމީ ކޮންފަރެންސް ފަށައިފި، ނައިބް ރައީސް ބައިވެރިއެއް ނުވޭ!

Author
މުޙައްމަދު ޝަޒައިމް
24 ފެބްރުއަރީ 2023 03:16
0

ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާ މިއަދު ރަސްމީކޮށް ފަށާފައިވާއިރު، މިޖަލްސާގައި ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ނައިބް ރައީސް ކަމުގެ މަޤާމު ފުރުއްވަމުންދާ ފައިސަލް ނަސީމް ބައިވެރިއެއްނުވެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ތައާރަފަށް ފަހު، މިރަސްމިއްޔާތުގައި ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް އަލީ އާރިފްވަނީ ފާއިތުވި ފަސް އަހަރު ޕާޓީ ހިނގައިދިޔަ ގޮތުގެ ރިޕޯޓު ހުށަހަޅުއްވައިދެއްވާފައެވެ. މިޖަލްސާގައި ނައިބް ރައީސް ބައިވެރިނުވާއިރު، ވަރަށް ފަހުން އެމަނިކުފާނު ވަނީ ރައީސް ޞާލިހަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ކޮންފަރެންސްގައި އެޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ އިތުރުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ނިމުންތައް ނިންމާނެއެވެ. ޖޭޕީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީގެ ލީޑަރު، ޕާޓީގެ ޑެޕިއުޓީ ލީޑަރުން، ޒުވާނުންގެ ލީގުގެ ރައީސް، ޒުވާނުންގެ ލީގުގެ ނައިބު ރައީސް، ޒުވާނުންގެ ލީގުގެ ސެކްރެޓަރީ، ޒުވާނުންގެ ލީގުގެ މެމްބަރުން، އަންހެނުންގެ ލީގުގެ ރައީސް، އަންހެނުންގެ ލީގުގެ ނައިބު ރައީސް، އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ އިތުރުން އަންހެނުންގެ ލީގުގެ މެމްބަރުން، އަދި ގައުމީ ކޮންފަރެންސްއިން އިންތިހާބުކުރާ 25 މެމްބަރުން އިންތިޚާބު ކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އަސާސީ ގަވާއިދަށް ގެންނަން ޕާޓީގެ ކައުންސިލުން އެންޑޯޒްކޮށްފައިވާ އިސްލާހުތަކަށް ބަހުސްކޮށް ގޮތެއް ނިންމުންވެސް މި ކޮންގްރެސްގައި އޮންނާނެއެވެ. އަދި އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ލީޑަރު އަޔަންކުރައްވަންޖެހޭ މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުންވެސް އޮންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު
ދަޢޮވަތު ނުދިނީކަމަށްވާނީ މަގާމުގައި ހުރެގެން ގާސިމު ވިދާޅުވާހާގޮތާލަށް ކަންތައް ނުކުރީމާ ފައިސަލް އަދި ބައެއްކަންތައްތަކުން ރަނގަޅު