ޑިމާރިއާގެ ހެޓްރިކާއިއެކު ޔުވެންޓަސް ގަދަ 16 އަށް

ޑިމާރިއާގެ ހެޓްރިކާއިއެކު ޔުވެންޓަސް ގަދަ 16 އަށް

ފްރާންސްގެ ނޯންޓެސް ކޮޅަށް އަންހެލް ޑި މާރިއާ ހެދި ހެޓްރިކުން 3-0 އިން ޔުވެންޓަސް މޮޅުވެ، މުބާރާތުގެ ގަދަ 16 ބުރުުން ފުރުސަތު ހޯދައިފިއެވެ.

ޔުވެންޓަސް ދަނޑުގައި މިދިޔަ ހަފްތާގައި 1-1 އިން އެއްވަރުވި ނަމަވެސް ރޭ ނޯންޓެސް ދަނޑުގައި ޔުވެންޓަސް ވަނީ ފުރިހަމަ މޮޅެއް ހޯދައިފައެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި ޑި މާރިއާ ގޯލެއް ޖަހާފައި ވަނިކޮށް، ނޯންޓެސްގެ ނިކޮލަސް ޕަލޯއިސް ކުރި ފައުލަކަށް އޭނާ އަށް ރަތް ކާޑެއް ދެއްކުމުން، ޕެނަލްޓީން ޑި މާރިއާ ވަނީ ޔުވެންޓަސްގެ ލީޑުފުޅާކޮށްދީފައެވެ. ޑިމާރިއާ، ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 78 ވަނަ މިނިޓްގައި އޭރިއާތެރެއިން ބޮލުން ޖެހި ގޯލުންނެވެ.

ރޭ ކުޅުނު ދެ ވަނަ ލެގުގެ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ރޯމާ ވަނީ 2-0 އިން ރެޑްބުލް ސަލްޒްބާގް ބަލިކޮށްފައެވެ. ޕީއެސްވީ އައިންދޯވަން އިން 2-0 އިން ސެވިއްޔާ ބަލިކުރިޔަސް އެގްރިގޭޓުން ދިޔައީ ސެވިއްޔާއެވެ. މޮނާކޯ ދަނޑުގައި 3-2 އިން މޮޅުވެ، އެގްރިގޭޓް އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން ލެވަކޫސަން ވެސް ވަނީ އަނެއް ބުރަށް ދަތުރުކޮށްފައެވެ. ޔޫނިއަން ބާލިން އިން 3-1 އިން އަޔަކްސް ކަޓުވާލިއިރު، ޝަކްތާރު ޑޮނެސްކް އިން ވަނީ ޕެނަލްޓީ ޖަހައިގެން ފްރާންސްގެ ރެނެސް ކަޓުވާލައިފައެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *