ވިކްޓޯރިއާގެ ތައުރީފް ކްރިތީއަށް

ވިކްޓޯރިއާގެ ތައުރީފް ކްރިތީއަށް

މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ އަދި ފެޝަން ޑިޒައިނަރު ވިކްޓޯރިއާ ބެކަމް އަށް ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނަން ގެ ސްޓައިލް ކަމުގޮސްފިއެވެ.

މަޝްހުރު ފުޓުބޯޅަ ކުޅުންތެރިއާ ޑޭވިޑް ބެކަމްގެ އަންހުން ވަނީ ކްރިތީ އޭނާގެ ޑިޒައިނެއް ލައިގެންހުރި ފޮޓޯ އަކަށް ކޮމެންޓް ކޮށްފައިއެވެ. އެ ފޮޓޯތަކުގައި ކްރިތީ ލައިގެން ހުރީ ވިކްޓޯރިއާގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ފުލް ސްލީވް މިންޓް ގްރީން މިޑީ ޑްރެސް އެކެވެ.

މިއީ ވިކްޓޯރިއާ އޭނާ ފަރުމާކޮށްފައިވާ ހެދުން އަޅައިގެން އިންޑިޔާގެ ސެލެބްރިޓީއަކަށް ތައުރީފް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު ވިކްޓޯރިއާ ވަނީ ނޯރާ ފަތޭހީ އޭނާގެ އުފެއްދުމެއް ލައިގެން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ރިއަލިޓީ ޝޯ "ޑާންސް ދީވާނޭ ޖޫނިއާސް" ގައި ނޯރާ ލި މިހެދުމަކީ އޭނާ ފަރުމާ ކުރި ހެދުމެއް ކަމަށާއި އެ ހެދުން ނޯރާ އާއި ވަރަށް ގުޅޭ ކަމަށް ބުނެ އޭނާ ވަނީ ތައުރީފް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Kriti (@kritisanon)

ކްރިތީ އެންމެ ފަހުން ފެނިގެން ދިޔައީ ކާރްތިކް އާރްޔަންއާ އެކު "ޝެހެޒާދާ" އިންނެވެ. މި ފިލްމަކީ އައްލޫ އަރްޖުން އާއި ޕޫޖާ ހެގްޑޭ ލީޑް ރޯލް ކުޅުނު 2020 ގެ ތެލެގޫ ބްލޮކްބަސްޓާ "އަލާ ވައިކުންތަޕޫރަމުލޫ" ގެ ހިންދީ ރިމޭކެކެވެ. މި ފިލްމް ގައި ކްރިތީ ފެނިގެން ދިއައީ ކާތިކް އާރިޔާން އާއި އެކުގައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *