ޤައުމީ ޖަލްސާގައި ރިޔާސީ އިންތިޚާބުގައި ޖޭޕީން ނިންމާ ގޮތަކާއި ގުޅޭ ޤަރާރެއް!

ޤައުމީ ޖަލްސާގައި ރިޔާސީ އިންތިޚާބުގައި ޖޭޕީން ނިންމާ ގޮތަކާއި ގުޅޭ ޤަރާރެއް!

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2023 03:40
0

މާދަމާ ފަށާ ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ކޯލިޝަން ހެދުމާއި ގުޅޭގޮތުން ޤަރާރެއް އެޖެންޑާ ކުރެވިފައިވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

މިމަހުގެ 24އިން 25އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާގައި މި ޤަރާރަށް ބަހުސް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު މެދުރު ފަހުއެވެ. މިއީ މި ޤައުމީ ޖަލްސާގައި އެންމެ ފޯރިގަދަ އެއް އައިޓަމަށް ވާނެއެވެ. އިލްހާމް ވިދާޅުވީ ޖޭޕީގެ ޤައުމީ ޖަލްސާގައި ސަރުކާރު ހިންގާ އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމަށް އެދޭ ބޭފުޅުންނަށް ޖޭޕީން ކެނޑިޑޭޓަކު ނެރެން ބޭނުންވާ މީހުންވެސް ގިނަ ކަމަށެވެ.

ޤަރާރަށް ބަހުސް ކުރުމަށްފަހު އެދުވަހު މިޤަރާރަށް ވޯޓަށް އަހައި ޤައުމީ ޖަލްސާގެ މެމްމްބަރު ދެކޭ ގޮތް ނިންމާނެއެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮގޮތުން އެޕާޓީން ރިޔާސީ އިންތިޚާބާއިމެދު ގޮތެއް ނިންމާނީ ޕާޓީގެ ޤައުމީ ޖަލްސާއިން އެކުލަވާލާ ކައުންސިލުންނެވެ.

ޖޭޕީގެ ޤައުމީ ޖަލްސާ އޮންނާނީ މިމަހުގެ 24 އިން 25 އަށް ދަރުބާރުގޭގައެވެ. ޤައުމީ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކާއިމެދުވެސް ގޮތްތަކެއް ނިންމާނެކަމަށް އެޕާޓީން ވިދާޅުވިއެވެ. ޖޭޕީގެ ޤައުމީ ކޮންގްރެސްގައި 900 އަށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށްވެސް ޖުމްހޫރީ ޕާޓީން ބުނެއެވެ.

ޖުމްހޫރީ ޕާޓީ އުފެދިފައިވަނީ 3 އޯގަސްޓް 2008ގައެވެ. އެޕާޓީގެ ދަފްތަރުގައި 17913 މެންބަރުން އެބަތިއްބެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.