ޤައިދީންނަށް އަނިޔާާކުރާ ވާހަކައަކީ ދޮގެއް: އަޙްމަދު

ޤައިދީންނަށް އަނިޔާާކުރާ ވާހަކައަކީ ދޮގެއް: އަޙްމަދު

Author
ޢަލީ އާދަމް
23 ފެބްރުއަރީ 2023 12:39
0

މާފުށި ޖަލުގެ ޔުނިޓް 11ގެ ޤައީދީންނަށް އަނިޔާ ކުރަމުންދާ ކަމަށް ދައުރުވަމުންދާ ވާހަކަ އަކީ ހަގީގަތާ ހިލާފު ވާހަކައެއްކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓްވިޓެއްގައި އަޙްމަދު ވިދާޅުވީ ޔުނިޓް11ގެ އެއްވެސް ޤައިދީއަކަށް އަނިޔާއެއް ކޮށްފައެއް ނުވާކަމަށާ، އަދި އެޔުނިޓުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެވެސް ކުރިއަށް ނުޑާކަމަށް އަހްމަދު ވިދާޅުވިއެވެ.

ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ތެރެއިން ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ބައިތިއްބާފައި ތިބޭ ބައިގައި ހަމަނުޖެހުން ހިނގަމުންދާކަމަށާ، އެތަނުގައިތިބި ގައިދީންނަށް ޖަލު އޮފިސަރުން އަނިޔާކުރަމުންދާކަމަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ބައެއް މީހުން ވާހަކަ ފަތުރާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.