ފުރަގަސް ފަރާތް ބޭނުންކޮށްގެން ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

ފުރަގަސް ފަރާތް ބޭނުންކޮށްގެން ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2023 10:27
0

ފުރަގަސް ފަރާތް ބޭނުންކޮށްގެން ޖަލަށް ވައްދަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

ކަމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާފުށީ ޖަލަށް ގެނައި ޤައިދީއެއް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އެ ޤައިދީގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލިއިރު ފުރަގަސްފަރާތް ބޭނުންކޮށްގެން ވައްދަން މަސައްކަތްކުރި މަސްތުވާތަކެތި ވަނީ ފުލުހުންނާއި ގުޅިގެން އަތުލައިގަނެވިފައި ކަމަށެވެ.

އަތުލާގަނެފައިވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް ސީޕީ ހާމަ ނުކުރެވެއެވެ.

ދޭތެރެ ދޭތެރެއިްނ ޖަލަށް މަސްތުވާތަކެތި ވެއްދުމަށް ކުރާ މަސައްކަތް ހުއްޓުވައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންނާއި ކަރެކްޝަން ދަނީ އަތުލަިއ ގަންނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.