ކުރިމިނަލް ކޯޓުގެ ހިންގުން ކުރަނީ ހުޅުމާލޭ ފޭސް 2ގެ ވިނަރެސް ބިޒުނަސް ޔުނިޓަށް

ކުރިމިނަލް ކޯޓުގެ ހިންގުން ކުރަނީ ހުޅުމާލޭ ފޭސް 2ގެ ވިނަރެސް ބިޒުނަސް ޔުނިޓަށް

Author
ހުސެއިން
23 ފެބްރުއަރީ 2023 10:13
0

ކްރިމިނަލް ކޯޓް ހިންގަމުންދާ ހަތަރުބުރީގެ އިމާރާތް، ވަރަށް ބޮޑަށް ބައުވެފައިވާ ތަނަކަށްވުމާއި ގުޅިގެން އެ އިމާރާތް ބޭނުން ނުކުރަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމާ، ކުރިމިނަލް ކޯޓުގެ ހިންގުން ރަސްމީކޮށް، ހުޅުމާލޭ ފޭސް 2ގެ ވިނަރެސް ޔުނިޓަށް، ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހުޅުމާލޭ ފޭސް 2ގެ ވިނަރެސް ޔުނިޓަށް ކުރިމިނަލް ކޯޓު ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިމިވަނީ އެ ކޯޓް ހިންގަމުންދާ ހަތަރުބުރީގެ އިމާރާތަކީ ވަރަށް ބޮޑަށް ބާވެފައިވާ ތަނަކަށްވެ ވަރަށް ބޮޑަށް އެއިމާރާތް ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން ލައްވާ އިއްޔެ އިންސްޕެކްޝަނެއް ހަދާ، އެ އިންސްޕެކްޝަނަށްފަހު އެ އިމާރާތް އިތުރަށް ބޭނުންކުރުމަކީ އެއްވެސް މިންވަރަކަށް ރައްކާތެރި ކަމެއް ނޫން ކަމަށް ބުނެ ކަމާބެހޭ ފަންނީ މާހިރުން ދެއްވި އިރުޝާދާ އެއްގޮތަށް، އެއިމާރާތް އިތުރަށް ބޭނުން ނުކުރުމަށް ނިންމުމަަށް ފަހުއެވެ.

ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމެންދެން ކޯޓުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކުގެ ސަލާމަތަށްޓަކައި މިވަގުތު ވަކި ގޮތަކަށް އަމަލުކުރުމަށް ކްރިމިނަލް ކޯޓަށް އަންގަން ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ޖޭެއެސްސީން ބުނީ، ކްރިމިނަލް ކޯޓް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމެންދެން ކޯޓުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކުގެ ސަލާމަތަށްޓަކައި، ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ކްރިމިނަލް ކޯޓު ހިންގަމުން ދާ ދެ އިމާރާތުގެ ތެރެއިން ހަތަރުބުރީގެ ބައު އިމާރާތް ބޭނުންކުރުން ވަގުތުން ހުއްޓާލަން ނިންމާފައި ވެއެވެ. އަދި ކޯޓުން ބޭނުންކުރަމުންދާ އެކްސްޓެންޝަން އިމާރާތުގައި ކުރެވެން ހުރި މަސައްކަތްތައް އަލުން ތަރުތީބުކޮށް ހުއްޓާނުލައި ކުރިއަށްގެންދަން ނިންމާފައިވާއިރު، ކޯޓުގެ މަސައްކަތްތައް މަސައްކަތައް ތަރުތީބުކޮށް, ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށާއި, ވޯކް ފްރޮމް ހޯމްގެ އުސޫލުގެ ދަށުން ކުރިއަށްގެންދަންވެސް ވަނީ ނިންމާފައެވެ.

އަދި ޝިފްޓު ޑިއުޓީގެ އުސޫލުން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ކޯޓުގެ ހިދުމަތް ވީހާވެސް ރަނގަޅަކަށް ދެވޭނޭ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް ނިންމާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.