1000 ހައްޖު ކޯޓާ ލިބިއްޖެ، އިތުރު ކޯޓާ ހޯދަނީ!

1000 ހައްޖު ކޯޓާ ލިބިއްޖެ، އިތުރު ކޯޓާ ހޯދަނީ!

ގުޅުންހުރި

މި އަހަރު ވެސް ރާއްޖެއިން ހައްޖަށް ދާން ލިބުނީ 1000 ކޯޓާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައުދީ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާ ރަސްމީ 1000 ހައްޖު ކޯޓާ މިހާރު ލިބިފައިވާ ކަމަށެވެ.

އަދި އިތުރު ހައްޖު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މިދިޔަ އަހަރު ސައުދީއިން ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެއަށް ދީފައިވަނީ 453 ކޯޓާ އެވެ. އެ ކޯޓާތަކުގެ ދަށުން ހައްޖަށް ދިއުމުގެ ފުރުސަތު ސަރުކާރުން މިދިޔަ އަހަރު ހުޅުވާލީ ހައްޖު ކޯޕަރޭޝަނުންގެ ދަށުންނެވެ.

ކޮވިޑްގެ ކުރިން ވެސް އަހަރަކު ރާއްޖެ އަށް ދެނީ 1000 ކޯޓާ އެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ކުރިން ކޮންމެ އަހަރަކު ވެސް 1000 ކޯޓާގެ އިތުރުން ހާއްސަ އުސޫލެއްގެ ދަށުން 1000 ކޯޓާ ސައުދީން އައީ ރާއްޖެ އަށް ދެމުންނެވެ. ހައްޖު ކޯޕަރޭޝަނުން މީގެ ކުރިން މީހުން ހައްޖަށް ގެންދިޔައީ 69،965 ރުފިޔާ އަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ހައްޖު ސީޒަންއާއި ދިމާކޮށް އެ އަދަދު އެ ކޯޕަރޭޝަނުން ވަނީ 76،960 ރުފިޔާއަށް ބޮޑުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ހާމަ ކުރި މައުލޫމާތުތަކަށް ބަލާ އިރު، މިދިޔަ އަހަރުގެ ހައްޖު ދަތުރުގައި މައްކާ ހޮޓަލަށް ހޭދަކޮށްފައިވާ 23 ދުވަހަށް ހައްޖު ކޯޕަރޭޝަނުން އެ ހޮޓަލަށް ކުރި ޖުމްލަ ހަރަދަކީ 39،692،785.39 ރުފިޔާއެވެ. އަދި އެ އަހަރުގެ ހައްޖު ދަތުރުގައި މަދީނާ ހޮޓެލްގައި ދެ ދުވަހަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން 1.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ މައުލޫމާތުތަކުން ހާމަވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ