އަކްޝޭ، ސުނިލް އަދި ޕަރޭޝް "ހޭރާ ޕޭރީ" 3 ގެ ޝޫޓިން ފަށައިފި

އަކްޝޭ، ސުނިލް އަދި ޕަރޭޝް "ހޭރާ ޕޭރީ" 3 ގެ ޝޫޓިން ފަށައިފި

Author
ފާތިމަތު ނާވީ
22 ފެބްރުއަރީ 2023 06:16
0

އައިކޮނިކް ކޮމެޑީ ފްރެންޗައިޒް، "ހެރާ ފެރީ 3" ގެ ތިން ވަނަ ފިލްމާ ބެހޭ ގޮތުން ފާއިތުވި މަސްތަކުގައި އިންޓަނެޓުގައި ތަފާތު ވަރަށް ގިނަ ވާހަކަތައް ދަނީ ފެތުރެމުންނެވެ.

މި ފިލްމް އަކީ އަކްޝޭ ކުމާރާއި ސުނިލް ޝެޓީ އަދި ޕަރޭޝް ރާވަލް ލީޑުން ފެނިގެންދާ ކޮމެޑިއެކެވެ. ވަރަށް ކާމިޔާބު މި ފިލްމް ގައި އަކްޝޭ ގެ ކެރެކްޓާ އިން ޒުވާން އެކްޓަރު ކާތިކް އާރިޔާން ފެންނާނެ ކަމަށް މީޑިއާއިން ކުރިން ވަނީ ބުނެފައިއެވެ. އަދި މިކަމާއި ގުޅޭ ތަފާތު ވާހަކަތަށް ދައްކައިފައިވެސް ވެއެވެ. އ

ނަމަވެސް އެންމެ މިވަނީ ހައިރާން ކޮށްލައިފައިއެވެ. ނަމަވެސް އެންމެ ފަހުން އޮތީ އުފާވެރި ޚަބަރެކެވެ! ހެރާ ފެރީ ޓްރިއޯ، ޕަރޭޝް ރާވަލް، އަކްޝޭ ކުމާރު އަދި ސުނިލް ޝެޓީ ވަނީ ފިލްމުގެ ޝޫޓިން ފަށައިފަ އެވެ. މި ހަބަރާއި އެކުގައި މި ފްރެންޗައިޒް އަށް މަރުދޭ ސަޕޯޓަރުން ތިބީ އުފަލުން ފޮޅިފައިއެވެ.

ޕިންކްވިލާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި "ހޭރާ ޕޭރީ" ގެ ޓްރިއޯ، އަކްޝޭ ކުމާރު، ސުނިލް ޝެޓީ އަދި ޕަރޭޝް ރާވަލް  މިއަދު މުމްބާއީގައި "ހެރާ ފެރީ 3″ ގެ ޝޫޓިން ފަށައިފި  އެވެ. ސްކްރިޕްޓާ ބެހޭ ގޮތުން ގިނަ ބައްދަލުވުންތަކެއް ފާއިތުވި މަސްތަކުގެ ތެރޭގައި ހިނގާފައިވާއިރު، ހެރާ ފެރީގެ 3 ވަނަ ބައިގެ ވަށައިގެން ވާ ހުރިހާ ހައިޕާއި އުންމީދުތަކަށް ހެރާ ފެރީ 3 އިން ފުރިހަމަ އަށް އިންސާފު ކޮށްދޭނެ ކަމުގެ  ޔަގީންކަން މިހާރު އެ ޓީމުން ދެއެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.