"ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ދޮރުތައް ބަންދުކުރުމަށް، ސަރުކާރުން ދަނީ ޖުޑީޝަރީއަތް އަތްބާނަމުން"

"ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ދޮރުތައް ބަންދުކުރުމަށް، ސަރުކާރުން ދަނީ ޖުޑީޝަރީއަތް އަތްބާނަމުން"

Author
މުޙައްމަދު ޝަޒައިމް
21 ފެބްރުއަރީ 2023 11:05
0

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީީސް ޔާމީންގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަނެ، ޖުޑީޝަރީއަށް ސިޔާސީ ނުފޫޒު ފޯރުވައި އަވަސް އަރުވާލައިގެން ޙުކުމް ޖެހުމަށް މަސައްކަތް ކުރަމުން ގެންދާ ގެންދިއުން ޕްރޮގްރެސިވް ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، އަދި ޕީޕީއެމްގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އިންތިޚާބީ ޙައްޤުތައް ނިގުޅައިގަނެ، އެމަނިކުފާނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ދޮރުތައް ބަންދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދިއުމަކީ ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއްކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ގޮތުން މައްސަލަތައް އުފަންކޮށް، ދައުވާ އުފުލާ އަވަސްއަރުވާލައިގެން ޙުކުމް ޖެހުމަށް ޖުޑީޝަރީއަށް އަތްބާނާ ކޯޓުތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުން ގެންދާކަމީ ދިވެހި ރައްޔިތުން ޤަބޫލުކުރާ ކަމެއްކަމަށް އެކޯލިޝަނުން ބުނެފައިވެއެވެ. ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރެވުނު ފުރަތަމަ ހުކުމަކީވެސް ޙައްޤު ނޫން ޙުކުމެއްކަން އިސްތިޢުނާފް މަރުޙަލާގައި ކަން ހިނގައިދިޔަ ގޮތުން އެނގެން އޮތްކަމަށާއި، ހަމައެއާއެކު މިހާރު ހައިކޯޓުގައި އިސްތިޢުނާފްކޮށްފައިވާ މައްސަލައަކީވެސް ސިޔާސީ ނުފޫޒުން ކޮށްފައިވާ ޙަރާން ޙުކުމެއްކަން ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަށް ވިސްނޭ ކަމަށެވެ.

އެންމެ ފަހުން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުން އިސްތިޢުނާފީ މަރުޙަލާއިން ބާޠިލު ވެގެން ދާނެކަމަށް ސަރުކާރަށްވެސް ޤަބޫލުކުރެވެން ފެށުމާއެކު، އިތުރު ދަޢުވާއެއް އެމަނިކުފާނުގެ މައްޗަށް އުފުލައި، އަވަސް އަރުވާލައިގެން ޙުކުމް ޖެހުމަށް މަސައްކަތް ކުރުމަކީ މިޕާޓިގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަނެ، އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމަށް އޮތް ފުރުޞަތު ބަންދު ކުރުމަށް ކުރަމުން ގެންދާ މަސައްކަތެއްކަން ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަކުން ވިސްނާއިރު ޤަބޫލު ކުރެވެއެވެ.

– ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ވެއެވެ.

އެކޯލިޝަނުން ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިޚާބީ ޙައްޤުތަކަށް އަރައިގަތުމަށް ކުރަމުން ގެންދާ މަސައްކަތާއި، އުފުލާފައިވާ ދައުވާތަކަށް އަވަސް އަރުވާލައިގެން ޙުކުމް ކުރުމަށް ކުރެވޭ ސިޔާސީ މަސައްކަތްތައް ހުއްޓާލުމަށްވެސް ގޮވާލާފައެވެ. ހަމައެއާއެކު ހައިކޯޓުގައި އިސްތީޢުނާފް ކުރެވިފައިވާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް އަވަސްކޮށްދިނުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުގައި މިއަދު ވަނީ އިސްތިއުނާފްކޮށްފައެވެ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ވަނީ ރިިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކުރީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފްކޮށްފައިވާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަދި ރިޝްވަތުގެ އިތުރު މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރުވެސް ކުރިއަށްދެއެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަންސީ
އިންސާފޭކިޔައިގެން އައިސް އިންސާފު ކަފުންވެސްނުކޮ ވަޅުލައިފި !