އަސްލަމް ވިދާޅުވަނީ އައްޑޫ މަޝްރޫއުތަކުގެ ދުވެލި އަވަސް ވެއްޖެކަމަށް!

އަސްލަމް ވިދާޅުވަނީ އައްޑޫ މަޝްރޫއުތަކުގެ ދުވެލި އަވަސް ވެއްޖެކަމަށް!

އައްޑޫގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލައި، ދިމާވާ މަސައްލަތަކަށް ހައްލު ހޯދުމަށްޓަކައި އައްޑޫއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އައްޑޫގެ މަޝްރޫތަކުގެ ދުވެލި އަވަސްވެއްޖެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތާއި މެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް އަސްލަމް ވަނީ މިމަހުގެ 11 ދުވަހު އައްޑޫއަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރާ ގުޅޭ ގޮތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އައްޑުއަށް ވަޑައިގެން ކުރެއްވި ކުރެއްވި މަސައްކަތްތަކުން ހައްލުތަކެއް ހޯދިފައިވާ ކަމަށެވެ.

އަޅުގަނޑު އައްޑޫއަށް ގޮސްގެން މަސައްކަތްތަކަކަށް ހައްލުތަކެއް ހޯދައި ދެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މަސައްކަތްތަކުގެ ސްޕީޑުވެސް ރަނގަޅުވަމުންދާ ކަމަށް ގަބޫލުކުރަން. އައްޑޫގެ މަސައްކަތުގައި ހުރި މައްސަލަތައްވެސް އަޅުގަނޑަށް ހަމަ ލޮލުން ފެނި ފާހަގަވެއްޖެ.

– އަސްލަމް ވިދާޅުވިއެވެ.

އައްޑޫގެ މަޝްރޫތަކަށް ދިމާވި މައްސަލަތަކާއި އެކަމަށް ގެނައި ހައްލުތަކުގެ ތަފްސީލުތައް އަސްލަމް ދެއްވާފައެއް ނުވެއެވެ. އަސްލަމް ވަނީ އައްޑޫ ސިޓީގައި ސަރުކާރުން ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫއުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އައްޑޫއަށް ވަޑައިގެން ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާތަކެއް ކުރައްވާފައެވެ.

އިންޑިއަން އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫއެސް ޑޮލަރގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާއެވެ. 77.6 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 1.1 ބިލިއަން ދިވެހި ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢު 730 ދުވަސް ތެރޭގައި ނިންމަންޖެހެއެވެ.

އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *