ޕްރިޔަންކާ އަނެއްކައިވެސް ދަރިފުޅުގެ ފޮޓޯތަކެއް ހިއްސާ ކޮށްފި

ޕްރިޔަންކާ އަނެއްކައިވެސް ދަރިފުޅުގެ ފޮޓޯތަކެއް ހިއްސާ ކޮށްފި

Author
ފާތިމަތު ނާވީ
21 ފެބްރުއަރީ 2023 09:47
0

ބޮލީވުޑް އާއި ހޮލީވުޑްގެ ވެސް މަޝްހޫރު އިންޑިއާއަށް ނިސްބަތްވާ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަނެއްކައިވެސް އޭނާގެ ދަރިފުޅުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކޯށްފިއެވެ.

ޕްރިޔަންކާ އާއި ލަވަކިއުންތެރިއާ ނިކް ޖޯނަސް އަށް އަލަތު ދަރިފުޅު ލިބުނީ މިދިއަ އަހަރުގައިއެވެ. ސަރޮގޮސީއެއް މެދުވެރިކޮން ހޯދި މި އަންހެން ކުއްޖާގެ ނަމަކީ މާލްތީ މާރީ ޗޯޕްރާ ޖޯނަސްއެވެ. މާލްތީ އުފަންވެފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ 15 ވަނަ ދުވަހުގައިއެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

މި ކުއްޖާގެ މޫނު ފުރަތަމަ ފަހަރަށް ރަސްމީކޮން ދައްކައިލައިފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގައި ބޭއްވުނު ހަފްލާއެއްގައިއެވެ. އެގޮތުން އެދެމަފިރިންގެ ދަރިފުޅު މަލްޓި މަރީ ޗޯޕްރާ ޖޯނަސްގެ ފޮޓޯ ފުރަތަމަ ފަހަރަށް ދައްކާލީ "ޖޯނަސް ބްރަދާސް" ގެ "ހޮލީވުޑް ވޯކް އޮފް ފޭމް" ތަރި ދައްކާލުމަށް ބޭއްވި ހަރަކާތުގެ ތެރެއިންނެވެ.

ނިކް ޖޯނަސް ހިމެނޭ އާއިލީ މިއުޒިކް ބޭންޑް، "ޖޯނަސް ބްރަދާސް" އަށް "ވޯކް އޮފް ފޭމް" ގެ ޝަރަފު ލިބުމާ ގުޅިގެން އެކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާގައި ބައިވެރިވެ، މަރުހަބާ ކިޔާ ޕްރިޔަންކާގެ އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި، ދަރިފުޅު ރަސްމީކޮން ދުނިއެއަށް އޭނާ ވަނި ތައާރްފް ކޮށްދިފައިއެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

 

ނިކް އާއި ޕްރިޔަންކާ ކައިވެނި ކުރީ 2018 ވަނަ އަހަރުގައިއެވެ. ވަރަށް ކުލަ ގަދަކޮން މި ކައިވެނި ކޮށްފައިވަނީ އިންޑިއާގައިއެވެ. ނިކް، 30، އާއި ޕްރިޔަންކާ، 40، ސަރޮގެސީ މެދުވެރިކޮށް ކުއްޖަކު ހޯދި އިރުގައި މީ ދެމީހުންގެ ވެސް އަލަތު ދަރިފުޅެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.