ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި ފިރިމީހަ އަދި ވިޔަފާރީ ވެރިއާ އާނަންދު އަހޫޖާ އަށް އެމީހުންގެ އަލަތު ދަރިފުޅު ލިބިފައިވަނީ މިދިއަ ަހަރުގެ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުގައިއެވެ.
އެހެން ގިނަ ސެލްބްރިޓީންނެކޭ އެއްގޮތަށް ސޯނަމްވެސް އަންނަނީ އޭނާ ގެ ދަރިފުޅު ވަރަށް ބޮޑަށް މީޑިއާ އާއި ފޮރުވައިގެން ނެވެ. އަދި ފޮޓޯ ނުނެގުމަށް އޭނާ މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ރިކުއެސްޓް ކޮށްފައިއެވެ.
ސޯނަމް ގެ ދަރިފުޅު ވާޔޫ ގެ ފޮޓޯ މޫނު ފެންނަ ގޮތަށް އެއްވެސް ވަރަކަށް އެއާއިލާގެ އަދި ހުދު ސޯނަމްގެ ސޯޝަލް މީޑިއާގައިވެސް މިހާތަނަށް ހިއްސާ ކޯށްފައިއެއް ނުވެއެވެ. ނަމަވެސް 6 މަސް ފުރުމާއި ދިމާކޮށް މިވަނީ ވަޔޫގެ ޕޯސްޓެއް ސޯންމެގެ އިންސްޓްގްރާމްގައި ހިއްސާ ކޮށްފައިއެވެ.
ސޯނަމާއި އާނަންދު އަހޫޖާ ކައިވެނިކުރީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން ސޯނަމް ފިލްމު ކުޅުމާއި ތަންކޮޅެއް ދުރެވެ. ހަމަ އެހެންމެ އޭނާ ވަނީ ދިރިއުޅުން ލަންޑަނަށް ބަދަލުކޮށްފައެވެ. އާނަންދުގެ އާއިލާ ދިރިއުޅެނީ ލަންޑަނުގައެވެ.
ސޯނަމަކީ ބޮލީވުޑްގެ ނަން މަޝްހޫރު ކަޕޫރު އާއިލާއަށް ނިސްބަތްވާ ތަރިއެކެވެ. އެގޮތުން އޭނާގެ ބައްޕައަކީ މަޝްހޫރު ފިލްމީ ތަރި އަނިލް ކަޕޫރެވެ. އަދި އޭނާގެ ކޮއްކޮ ރިއާ އަކީ ޕްރޮޑިއުސަރެކެވެ. މީގެ އިތުރުން އެންމެ ހަގު ހަރްޝްވަރްދަން ކަޕޫރަކީ ވެސް ފިލްމީ ކެރިއަރު ބިނާ ކުރަމުން އަންނަ ތަރިއެކެވެ.
ކޮމެންޓު ފޮނުވާ