ދަރޭގެ ފުރަތަމަ އަނބިމިހާ ދެކެ ޖެލަހެއް ނުވޭ: ހެމާ

ދަރޭގެ ފުރަތަމަ އަނބިމިހާ ދެކެ ޖެލަހެއް ނުވޭ: ހެމާ

ގުޅުންހުރި

ހެމާ މާލިނީ އާއި ދަރުމެންދުރާ އަކީ ބޮލީވުޑްގެ އެވަގްރީން ޖޯޑެކެވެ. ނަމަވެސް އެދެމީހުންގެ ލޯބީގެ ވާހަކައިގެ ފެށުން ވެގެން ދިޔައީ ތޫފާނަކަށެވެ. ދަރުމެންދުރަ އޭރު އުޅުނީ ޕްރަކާޝް ކޯރްއާ ކައިވެނިކޮށްގެނެއެވެ. އަދި އެކައިވެނިން އެމީހުން ނަށް 4 ކުދިން ވެސް އޭރުގައި ވަނީ ލިބިފައިއެވެ. އެއީ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް އަދި އަންހެން ދަރިން ކަމަށްވާ އަޖީތާ އާއި ވިޖޭތާ އެވެ.

ހެމާ އާއި ދަރޭގެ ކައިވެންޏައި ބެހޭގޮތުން ވަރަށް ގިނަ ވާހަކަތަކެއް އޭރުގައި މީޑިއާގައި ތިލަ ކޯށްފައިއެވެ. އަދި ހެމާ އަކީ ނުބައި މީހެއް ގޮތަށް ސިފަވާ ގޮތަށް ވަނި ގިން ނޫށްތަކަކުން ގެނެސްދީފައިއެވެ. އެމީޙުން ބުނެފައިވަނީ ހެމާ އަކީ ދެމަފިރިންގެ މެދަށް ވަންނަ މީހެއް ކަމަށެވެ.

ބޮލީވުޑްގެ "ހީ-މޭން" ގެ ގޮތުގައި މަޝްހޫރު ދަރޭ އާއި ހެމާއާ ކައިވެނި ކުރީ 1980 ވަނަ އަހަރު އެވެ. އެއީ ދަރޭގެ ދެވަ ކައިވެންޏެވެ. ނަމަވެސް ހެމާގެ އަލަތު ކައިވެންޏެވެ. އޭގެ ފަހުން ހެމާ މާލިނީ ވަނީ "ރެންޑެވްސް ވިތު ސިމީ ގަރޭވާލް" ގައި ދަރުމެންދުރާއާ އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.

ދަރުމެންދުރާގެ ފުރަތަމަ އަނބިމީހާއާ މެދު ދުވަހަކުވެސް ހަސަދަވެރިވޭތޯ ސުވާލު ކުރުމުން ހެމާ މާލިނީ ބުނެފައި ވަނީ "އެއްގޮތަކަށް ވެސް ނޫން" ކަމަށެވެ. އަދި އެއްވެސް އިރެއްގައި އޭނާ ދަރެގެ ފުރަތަމަ އަބި މީހާ ޕްރަކާޝް އަށް ޖެލަސްވެ ފާޑުފާޑުގެ އެއްޗެހި ކިޔައިފައި ނުވާ ކަމަށްވެސް އޭނާ ބުނެފައިއެވެ.

"ލޯބީގައި ތިބާ ދަސްކުރަންވީ ހަމައެކަނި ދޭން، އެއްޗެހި ޑިމާންޑް ނުކޮށް. އެމީހާ ދެކެ އެހާ ލޯބިވެ، އެމީހާގެ ފަރާތުން އެހާ ލޯތްބެއް ލިބިއްޖެ، ދެން ކިހިނެއްތޯ މި ކުދިކުދި ކަންކަމަށް މީހާއަށް އަނިޔާ ކުރާނީ. އެއީ އަހަރެން ދުވަހަކުވެސް އޭނާއަށް އުނދަގޫނުކޮށް، ރުޅިއައިސް، އަނިޔާނުކުރާ ސަބަބެއް ނޫން. އަހަރެން އެދެނީ އެ ލޯބި ދެމިއޮތުމަށް، އެއީ މިއަދުވެސް އެކަކު އަނެކަކު ދެކެ ލޯބިވާ ގޮތް، އަހަރެމެންގެ މެދުގައި އެއްވެސް ކަމެއް ނާންނާނެ. އޭނަގެ މައްސަލަތައް އަހަރެންނަށް ވިސްނޭތީ އަހަރެން ހުރިހާ ކަމެއް ވެސް އޭނާއާ އެއްގޮތަށް ވިސްނޭނެ. އެކަމަށްޓަކައި އޭނާ އަހަރެންދެކެ މާ ބޮޑަށް ލޯބިވާހެން އަހަރެންނަށް ހީވެ. އެހެންވީމާ ލޯތްބަކީ އެއީ. ލޯތްބަށް އިހުތިރާމް ކުރަން ޖެހޭ. މީ އަހަރެން ގަބޫލު ކުރާ ގޮތް."

ހެމާ އަކީ އެދުވަސްވަރުގެ އެންމެ ރީތި އެއް ބަތަލާއެވެ. އޭނާ އެކޭ އެއްފަދައިން ދަރޭ އަކީ އޭރުގެ އެންމެ މަޝްހޫރު އެކްތަރުންގެ ތެރޭގައި ގުނާ ލެވޭ ތަރިއެކެވެ. ދެތަރިންގެ ލޯބި ފައްކާވެ ކައިވެނި ކުރި އިރުގައި އެކައިވެނިން ވަނީ ދެ އަންހެން ދަރިންވެސް ލިބިފައިއެވެ.

އެއީ އީޝާ ޑިއޯލް އާއި އަހާނާ ޑިއޯލްއެވެ. ކުރިން ދަރޭގެ ފުރަތަމަ އަނބި މީހާގެ ކުރިންނާއި ހެމާ އާއި ދެމެދުގައި ގުޅުން ރަނގަޅު ނޫނަސް މިހާރު އެކުދިން ނާއި އޭނާ އާއި އޮންނަ ގުޅުން ރަނގަޅު ކަމަށްވެއެވެ. އަދި ކުދިންގެ މެދުގައިވެސް ވަރަށް ބޮޑަށް ގުޅުން ބަދަހިވެފައި ވާކަމަށާއި މިހާރު އެއްވެސް ނުތަނަވަސް ކަމެއް ނެތް ކަމަށް ވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ