ބޮލީވުޑްގެ ކުރީ މަޝްހޫރު ބަތަލާ ކަރިޝްމާ ކަޕުރު ދުވަސް ގަނޑަކަށް ފަހު ފިލްމް އެއް ގެ މަސްކަތް ކުރާކަން އިއުލާން ކޮށްފިއެވެ.
ފީޗާ ފިލްމަކަށް ސޮއިކޮށް، އޭގެ ޝޫޓިން ފެށި ކަން އޭނާވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައިއެވެ. "މާޑާ މުބާރިކް" ގެ ނަން ދީފައިވާ މި ފިލްްމް އަކީ "ކޮކްޓެއިލް" އާއި "ފައިންޑިން ފެނީ" ގެ އިތުރުން "އަނގްރޭޒީ މީޑިއަމް" ފަދަ މަޝްހޫރު ފިލްމް ތަށް ޑައިރެކްޓް ކޮށްފައިވާ ހޯމީ އަދަޖާނިއާ ގެ ފިލްމްއެކެވެ.
ކަރިޝްމާ ހިއްސާ ކުރި މި ފޮޓޯގެ އިތުރުން މި ފިލްްމް އާއި ބެހޭގޮތުން މިހާތަނަށް އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. މި އުފައްދާ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން މި ފިލްމްގެ އިތުރު ކާސްޓާއި ގުޅޭގޮތުން މިހާތަނަށް އަދި މައުލޫމާތު ހިއްސާ ކޮށްފައިއެއް ނުވެއެވެ.
ކުރީގެ ވަރަށް ކާމިޔާބު ބަތަލާއެއްގެ ގޮތުގައި ފާހަގަ ކުރެވުން ކަރިޝްމާ މިހާރު ބޮޑު ސްކްރީން އިން ފެންނަނީ ވަރަށް މަދުންނެވެ. އޭނާ ވަނީ "ރާޖާ ހިންދުސްތާނީ" އާއި "ހަމް ސާތު ސާތު ހޭ" އާއި "ދިލް ތޯ ޕާގަލް ހޭ" ބޮލޮކްބަސްޓާ ގިން ފިލްމް ތަކެއްގައި މަސައްކަތް ކޮށްފައިއެވެ.
41 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2012 ގެ ފިލްމް "ޑޭންޖަރަސް އިޝްގް" އެވެ. މި ފިލްމް އަކީ ބޮކްސް އޮފީހުގައި މާ ބޮޑޫ ކާމިޔާބެއް ލިބިގެން ދިއަ ފިލްމްއެއް ނޫނެވެ.