ކ.ހިންމަފުށީ އައްސޭރި ޖަލުގެ ކަރަންޓުގެ މައްސައަށް ސްޓެލްކޯއިން ދާއިމީ ހައްލު ހޯދައިދީފިއެވެ.
ހިންމަފުށީ ޖަލަކީ ގިނަ އަދަދެއްގެ ކުށްވެރިން ތިބޭތަނެކެވެ. ޖަލުގައި ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދައި ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ސްޓެލްކޯއިން ވަނީ ޖަލުގެ ކަރަންޓަށް ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައި ދީފައެވެ.
އެކުންފުނިން ބުނެފައިވަނީ މާފުށީ ޖަލުގެ ކަރަންޓަށް ދިމާވާ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ޕެނަލްއެއް ބަހައްޓާ، އެ ޕެނަލް މެދުވެރިކޮށް މިހާރު ވަނީ ކަރަންޓު ފޯރުކޮށްދެވިފައި ވާކަމަށެވެ. މިއާއެކު، އައްސޭރި ޕްރިޒަންގެ ކަރަންޓުގެ މައްސަލައަށް މިވަނީ ދާއިމީ ހައްލެއް ލިބިދެވިފައި ވާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ކ.ހިންމަފުށީ އައްސޭރި ޕްރިޒަނަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ޕެނަލްއެއް ބަހައްޓާ، އެ ޕެނަލް މެދުވެރިކޮށް މިހާރު ވަނީ ކަރަންޓު ފޯރުކޮށްދެވިފައި. މިއާއެކު، އައްސޭރި ޕްރިޒަންގެ ކަރަންޓުގެ މައްސަލައަށް މިވަނީ ދާއިމީ ހައްލެއް ލިބިދެވިފައި. pic.twitter.com/zwYukXrTES
— STELCO (@STELCOMALDIVES) February 20, 2023
ސްޓެލްކޯ އިން ގެންދަނީ މާލެ ސަރަޙައްދަށް ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މި ސަރަޙައްދުގެ އިތުރުވަމުން އަންނަ އާބާދީއަށް ބޭނުންވާ ކަރަންޓު ކެޕޭސިޓީ ޤާއިމުކުރުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްކެއްވެސް ކުރަމުންނެވެ. ނަމަވެސް މާލެ ސަރަޙައްދުގައި އިތުރުވަމުން އަންނަ އާބާދީއާއި، އަދި ވިޔަފާރީގެ ހަރަކާތްތަކަށް ބަލާ ސްޓެލްކޯއިން ވަނީ މި ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ނިންމާފައެވެ.
ސްޓެލްކޯގެ މަސައްކަތަކާއި ގުޅޭ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަރީފް ވިދާޅުވީ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އެގޮތުން ޕްރޮޖެކްޓްގެ ފައިނޭންސިން މޮޑެލް ތައްޔާރުކޮށް، ފިނޭނެސް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާތަނަށް 100 މެގަވޮޓްއާ ގާތަށް ވަނީ އިންޖީނު ބަހައްޓާފައެވެ. މާލެއަށް ދުވާލަކު 84 މެގަވޮޓްގެ ކެޕޭސިޓީގެ ކަރަންޓު ދުވާލަކަށް ބޭނުންވެއެވެ.