ސަމަދަށް ޖޯކު ޖެހި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ސަމަދަށް ޖޯކު ޖެހި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
20 ފެބްރުއަރީ 2023 11:53
0

އިންޑިއާއަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދާ ގުޅޭގޮތުން އަލިމަސް ކާނިވަލުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދެއްކެވި ވާހަކައާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ އަށް ،މެމްބަރުންނެވެ. ނުފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދެއްވިއެވެ. އެހެންވެ އެ މައްސަލަ ބަލައިގަނެ ބަހުސް ކުރަން ފާހެއް ނުވިއެވެ.

ކުއްލި މައްސަލައިގައި ބުނެފައިވާ ގޮތުގައި ދިފާއީ ވަޒީރު އެކަމަށް ޖޯކު ޖައްސަވައި، މަލާމާތްކޮށްފައިވާއިރު ހިދުމަތުން ރިޓަޔާވެފައިވާ ސަމަދަކީ މި ގައުމު ސަލާމަތް ކުރުމަށް ކަމަރު ބަނދެގެން ތިބި މީހުންގެ ތެރެއިން މީހެއް ކަމަށެވެ.

އަދި އެއްވެސް އިރެއްގައި ސިފައިން ނުވަތަ ފުލުހުންގެ ތެރޭގައި އިހުލާސްތެރި ހިދުމަތެއް ކޮށްދެއްވާފައިވާ ބޭފުޅަކު މި ގައުމަށް ހަރާންކޯރު ނުވާނެތީ އާއި ކޮންމެ ވަގުތަކު ވެސް މި ގައުމު މިނިވަން ކުރަން ނިކުންނާނެ ކަން ބަޔަކަށް ވާނެ ކަމަށްވާތީ. މައްސަލައިގައި ބުނެފައިވެއެވެ.

މާރިޔާއަކީ މީގެ ކުރިން ވެސް ސިފައިންނަށް ބަދު ބަސް ބުނެފައިވާ ފަރާތެއް ފާހަގަކޮށް މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައިފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެރުވުމަށް އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭރުކޮށްލުމަށް ގޮވާލާ މީހުންގެ އިސް ސަފުގައި އުޅޭ މީހަކު ފިނިކޮޓަރިއެއްގައި ބެހެއްޓުމުން ރުއިކަމަށެވެ. އަދި މިދޭތެރެއިން މީޑިއާތަކުގައި އުޅުނު، އަވައްޓެރި ޤައުމުގެ މިލިޓަރީއާ ދިމާލަށް ގޮންޖައްސަވައި އެކި ގޮތްގޮތަށް ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައިވެސް، އެ ފައުޖުގެ ކުރީގައި ދިދަ ހުންނަވާ ބޭފުޅެއްގެ ގޮތުގައި ސަމަދުބެ ސިފަކުރައްވަމުން މާރިޔާ ވަނީ އާޑަފުރައްސާރަކުރައްވާފައެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ސަމަދުބެ ތުނބުޅި ބާލައިގެން އާއިލާއާއެކު ވަޑައިގަތީ އިންޑިއާއަށް ކަމަށާއި ދެން އެނބުރި ސަމަދުބެ ވަޑައިގެންނެވިއިރު ކެމެރާތައް ހުރީ އޭނާއަށް އަމާޒުވެފައި ކަމަށެވެ. އެހެންކަމުން މޫނުގައި އަތް އަޅުއްވައި ކީރިތިކުރެއްވިހެން ހީވިކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.