މާރިޔާ ކުރެއްވީ އެފަދަ ބޭފުޅަކާ އެކަށީގެންވާ ކަމެއް ނޫން: ޞަމަދުބެ

މާރިޔާ ކުރެއްވީ އެފަދަ ބޭފުޅަކާ އެކަށީގެންވާ ކަމެއް ނޫން: ޞަމަދުބެ

Author
ޢަލީ އާދަމް
20 ފެބްރުއަރީ 2023 11:38
0

އެމްޑީޕީގެ ރިޔާސީ ކެންޑިޑެޓު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރިިޔާސީ ޓިކެޓު ޙަވާލުކުރަން ބޭއްވި ޖަލްސާގައި ޑިފެންސް މިނިސްޓަރ އަލްއުތާޒާ މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަފުޅަކީ އޭނާފަދަ ތަޢުލީ މީހަކު ދައްކަން އެކަށީގެންވާވަރުގެ ވާހަކަތަކެއް ނޫންކަމަށް ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއްސަމަދު (ސަމަދުބެ)ބުނެފިއެވެ.

ހުކުރުދުވަހުގެރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާ ވަނީ އިންޑިއާއަށް ގޮސް އުޅެނިކޮށް އެ ގައުމުގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ދެ ދުވަހު ބެހެއްޓުމަށް ފަހު ޑީޕޯޓްކޮށްލި ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު (ސަމަދުބެ)އާ ގުޅޭގޮތުން، މަލާމާތްކުރައްވާފައި ވާހަކަދައްކަވާފައެވެ. މިކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދެއްކެވި ވާހަކަތަކަށް ބޮޑެތި ފާޑުކިޔުން އަމާޒުވިއެވެ.

މިކަމާ ގުޅޭގޮތުން ސަމަދުބެ މިހާތަނަށްވެސް މާބޮޑު އެއްޗެއް ނުބުނެއެވެ. އޭނާ ބުނެފައިވަނީ މާރިޔާ ދެއްކެވީ ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް މަލާމާތްކުރައްވައި ދެއްކެވި ވާހަކަފުޅެއްކަމަށެވެ. އެއީ އެދެމުއައްސަސާގެ ޝަރަފާއި ކަރާމަތަށްޓަކައި މާރިޔާފަދަ ތަޢުލީ ބޭފުޅަކު ކުރައްވަން އެކަށީގެންވާ ކަމެއްކަމުގައު ނުދެކޭކަމަށެވެ.

އަބްދުއްސަމަދަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނުގައި ބައިވެރިވެ އަދި އިންޑިއާއާ ދެކޮޅަށް އަޑު އުފުލަން ބާއްވާ މުޒާހަރާތަކުގައި ވެސް އިސްކޮށް އުޅޭ މީހެކެވެ. ބައެއް މުޒާހަރާތަކުން އޭނާ ހައްޔަރުކޮށްފައިވެސްވެއެވެ. ފެބްރުއަރީ 11، ގައި އޭނާ އިންޑިއާގެ ބެންގަލޫރުގައި ހުއްޓައި އިންޑިއާގެ އިމިގްރޭޝަން އޮފިސަރުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭގެ އެއް ދުވަސްފަހުން އޭނާ ޑީޕޯޓުކުރިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަވާލުކުރުމަށް ހުކުރުދުވަހުގެރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި މާރިޔާ ވަނީ ސަމަދަކީ "ފިނޑިއެއް" ކަމަށް ސިފަކުރައްވައިފައެވެ. އަދި ދިވެހި ސިފައިން މިއަދު މި ތަމްރީނުކުރަނީ އެކަހަލަ ބަޔަކަށް ނުވާނެ ގޮތަށްކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ އެގޮތަށް ވިދާޅުވީ ސަމަދު އަކީ ކުރިން ފުލުސް އޮފީހުގައި މަސައްކަތްކުރި މީހަކަށް ވާތީއެވެ.

މާރިޔަގެ ވާހަތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަބައެއްގެ ފާޑުކިޔުން ވަނީ މާރިޔާއަށް އަމާޒުވެފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ މާރިޔާއަކީ ރާއްޖޭގެ ދިފާއީ ބާރުގެ ވެރިޔާއަށްވާއިރު އެމަޤާމުގައި ހުންނަވައިގެން އަމަލު ކުރަންޖެހޭ އުސޫލުތަކާއި ސިޔާސަތުތަކަށް މާރިޔާއަށް އިހުތިރާމް ނުކުރެއްވުނުކަމަށެވެ. ވަކިން ޚާއްސަކޮށް ސިޔާސީ ޕޯޑިޔަމްތަކުގައި ވާހަކަ ދައްކަވާއިރު އެއްވެސް ޚުދޫދެއްނެތި ޖެއްސުންކޮށް މަލާމާތް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖަޑިބު
"ޖަޑިބު" މިބަސް މިއީ މީހުނަށް މަލާތްކުރުމުގެގޮތުން ބުނެއުޅޭ ބަހެއްތޯ؟ނުވަތަ މީހަކަށް ފުރަށްސާރަ ކުރުމުގެ ގޮތުން ބުނެއުޅޭ ބަހެއްތޯ؟ ވިދާޅުވެދެއްވަފާނަންތޯ ޖަޑިބު އަކީކޮބައިކަން