ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި އަލިފާން ރޯވެއްޖެ

ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި އަލިފާން ރޯވެއްޖެ

Author
ޢަލީ އާދަމް
20 ފެބްރުއަރީ 2023 10:34
0

ލ.މާވަށުގެ ދެކުނުން 7 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ "ނޫރު-2″ ނަމަކަށްކިޔާ ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވިގޮތުގައި މިއީ ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެކެވެ. ދަތުރުކުރަމުން ދިޔައީ ރ.އަތޮޅުން ރޮބިންސަން އައިލެންޑް ރިސޯޓަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން މިހާދިސާއާ ގުޅިގެން ހަރަކާތްތެރިވެފައިވާކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 07:15 ހާއިރުކަމަށާ، ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ދިޔައިރު ދޯނި ވަނީ އަޑިއަށް ގޮސްފައިކަމަށް އެފަރާތުން ވިދާޅުވެއެވެ.

ނަމަވެސް އެ ދޯނިން ދަތުރުކުރި 4 ފަޅުވެރިން (ދިވެއްސަކާއި ތިން ބިދޭސީން) ކަނޑުމަތިން (ލ.މާވަށުގެ ދެކުނުން 6 ނޯޓިކަލް މޭލު ބޭރުން ) އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އުޅަނދަށް ފެނިގެން އެމީހުން މިހާރު ވަނީ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.