ޔުނައިޓެޑް މޮޅުވެ، ސިޓީ ކައިރީގައި ވިއްދައިފި

ޔުނައިޓެޑް މޮޅުވެ، ސިޓީ ކައިރީގައި ވިއްދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މާކަސް ރަޝްފޯޑްގެ ދެ ގޯލާ އެކު، މެންޗެސްޓާ ޔުނައިޓެޑުން 3-0 އިން ލެސްޓާ ސިޓީ ބަލިކޮށް އިތުބާރާ އެކު ކުރިއަށްދިއުމަށް ފުރުސަތުތައް ފަހިކޮށްފިއެވެ.

އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ފެށިގެން ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ގޯލު މެޗުގެ 25 ވަނަ މިނެޓުގައި ބުރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން ލެސްޓާ ސިޓީގެ ޕެނަލްޓީ އޭރިޔާގެ މެދެއްހާ ހިސާބުން ޖަހައި ދިނީ މާކަސް ރަޝްފާޑުއެވެ.

މިގޯލްގެ ކުރިންނާއި ފަހުން ކުޅުން ރަނގަޅުކޮށް، ޔުނައިޓެޑުގެ ގޯލަށްވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މި ހަމަލާތައް ދިފާއުކޮށްފައެވެ. ދެވަނަ ހާފު ފަށައިގެން ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް ޔުނައިޓެޑުން ވަނީ ކުޅުން ހަލުވިކޮށް ހަމަލާތައް އިތުރަށް ވަރުގަދަކޮށް މެޗުގެ 56 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ.

އޭރިޔާގެ މެދެއްހާ ހިސާބުން ފޮނުވާލި ހަމަލާ ސިދާ ގޯލަށް އަމާޒުކޮށް ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ގޯލުވެސް ޔުނައިޓެޑަށް ޖަހާދިން މާކަސް ރަޝްފާޑުއެވެ. މީގެ ކުޑަ ވަގުތުކޮޅެށް ފަހުން މެޖުގެ 61 ވަނަ މިނެޓުގައި ޔުނައިޓެޑަށް ދެވަނަ ފަހަރަށް ލީޑު ފުޅާކޮށް ދިނީ ޖޯޑަން ސަންޗޯއެވެ.

ޔުނައިޓެޑް މިރޭގެ މޮޅާ އެކު ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ވަނީ ފަަސް ޕޮއިންޓަށް ގާތަށް ޖެހިލައިފައެވެ. އާސެނަލް އެއް ވަނައިގައި އޮތީ 23 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 24 މެޗުން 52 ޕޮއިންޓް ލިބިފައެވެ. ޔުނައިޓެޑް ތިން ވަނައިގައި އޮތީ 24 މެޗުން 49 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް ހަތަރަކަށް ޖެހިލީ 24 މެޗުން 42 ޕޮއިންޓާ އެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *