ތާރީހީ ފިލްމް އެއް ހަދާއިރުގައި ވަރަށް ވިސްނަންޖެހޭ: ބަންސާލީ

ތާރީހީ ފިލްމް އެއް ހަދާއިރުގައި ވަރަށް ވިސްނަންޖެހޭ: ބަންސާލީ

ގުޅުންހުރި

ސަންޖޭ ލީލާ ބަންސާލީ އަކީ އިންޑިއާގެ އެންމެ މަޝްހޫރު އަދި އެންމެ ހުނަރުވެރި އެއް ޑައިރެކްޓަރެވެ. އޭނާ އަކީ ލާޖަރ ދަން ލައިފް ޕީރިއަޑް ޑްރާމާތައް ގެނެސްދޭ މީހެކެވެ.

ވަރަށް ތާރީހީ ސްޓައިލަކުގެ ވާހަކަތަށް ވަރަށް ފުރިހަމަ އަށް ގެެނެސްދޭ ޑައިރެކްޓަރެކެވެ. އަދި އެކަމުގެ ތައުރީފް ބޮކްސް އޮފީހުގެ ކާމިޔާބީ އާއި އެވޯޑްތަކާ އެކު އޭނާގެ ޕީރިއަޑް ފިލްމުތަކަށް ވެސް ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. އޭނާ އަށް މިކަން އެންމެ ބޮޑަށް ކުރިމަތިވީ ދީޕިކާ ޕަދުކޯން، ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރު ލީޑް ރޯލް ކުޅުނު 2018 ވަނަ އަހަރު ރިލީޒްކުރި ޑްރާމާ "ޕަދްމާވަތު" ގެ މޭކިންގެ ތެރެއިންނެވެ.

 

ބަންސާލީ ވަނީ ނެޓްފްލިކްސްގެ ސީއީއޯ ޓެޑް ސަރަންޑޯސްއާ އެކު މުމްބާއީގައި އޭނާގެ ކުރިއަށް އޮތް ވެބް ސީރީޒް "ހީރާމަންޑީ" ގެ ފަސްޓްލުކް ލޯންޗް ކުރުމަށް ބޭއްވި ހަފުލާގައި މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިފައިއެވެ. އިންޑިއާގެ ތާރީޚީ ވާހަކަތައް ހެދުމުގައި ސަމާލުވާންޖެހޭ ކަމަށާއި ތާރީޚީ ހާދިސާތައް ތަފާތު ގޮތަކަށް ދެކޭ އަދި ދައްކުވައިދެނީ ކީއްވެތޯ ވެސް އޭނާ ވަނި ސުވާލް އުފައްދައިފައިއެވެ.

"އަހަރެމެންގެ ގައުމުގައި ތާރީޚީ ވާހަކައެއް ހަދާއިރު ސަމާލުވާން ޖެހޭ އެހެންވީމާ، އެންމެންވެސް ފިލްްމްއެއް ހަދާއިރުގައި ޙަޤީޤަތްތައް ރަނގަޅަށް ހޯއްދަވަން އެބަޖެހޭ.  އެކަމަކުވެސް ފާހަގަ ކޮށްލަން ޖެހޭ އިތުރު ކަމެއްވެސް އެބަ އޮތް. އެއީ ދިރާސާ ކުރެވުން ނަމަވެސް އެހާދިސާތަށް އެހާތަފްސީލު ކޮށް ނުގެނެސްދެވުން.  ދިރާސާތައް ވަރަށް ފޫހިކަމަށް އަޅުގަނޑަށް ފެންނަނީ. އަދި ފިލްްމްއެއްގައި ހުންނަން ޖެހޭ ރަހަގަނޑު އެންމެ ފުރިހަަމަ އަށް ނެރެން ޖެހޭ ކަމަށް ގަބޫލު ކުރެވޭ."

"ޕަދްމާވަތް" އާއި ގުޅޭ ގޮތުން ވާހަކަ ދައްކާ މީހުން ބުނެފައިވާ ގޮތުގައި މި ފިލްމްގައި ވަނީ ތާރީހު އޮޅުވާލައި ރާޖްޕޫތު މުޖުތަމައުގެ ކެރެކްޓާތައް ނުބައި ކޮށް ދައްކާފައިއެވެ. އަދި މިކަމާއި ގުޅިގެން ބޮޑު ދެބަސްވުމަކަށްވެސް ދާން ޖެހުނެވެ. ނަމަވެސް މި ފިލްމް ފަސޭހަކަމާ އެކު ރިލީޒްވެ، ބޮކްސް އޮފީހުގައި ހިޓް ފިލްމަކަށް ވެގެން ދިޔަ އެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

"ހީރަމަންޑީ" އަށް ބަލާލާއިރުގައި ނެޓްފްލިކްސް އިން ގެނެސްދޭ މި ޝޯއަކީ 1940 ގެ އަހަރުތަކުގެ ދުވަސްވަރު އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން އަދި ގައުމު ބައިބައިވުމުގެ ކުރިން، ލާހޯރްގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންގެ ވާހަކަ އެވެ. މި ވެބް ސީރިޒް ގައި މަނިޝާ ކޮއިރާލާ، ސޮނާކްޝީ ސިންހާ، އަދިތީ ރާއޯ ހައިދަރީ، ރިޗާ ޗައްޑާ، ޝަރުމިން ސޭގަލް އަދި ސަންޖީދާ ޝެއިހް ފަދަ ތަރިން ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ