މިސްރާބު ހުރީ ކޯލިޝަނަކާއިއެކު އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް: އަލީ ނިޔާޒު

މިސްރާބު ހުރީ ކޯލިޝަނަކާއިއެކު އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް: އަލީ ނިޔާޒު

Author
މުޙައްމަދު ޝަޒައިމް
19 ފެބްރުއަރީ 2023 04:07
0

އެމްޑީޕީގެ މިސްރާބު ހުރީ ކޯލިޝަނަކާއިއެކު އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްޖޫރިއްޔާގެ ކޮއްކޯފުޅު އަލީ ނިޔާޒު މިހެން ވިދާޅުވީ އޭނާ އާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ރޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިިމް އިބްރާހިމްއާއި އެކު ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.

މެމްބަރު ވަހީދު ވިދާޅުވީ އެ ފޮޓޯއަކީ މާކުރީގެ ފޮޓޯއެއް ކަމަށާއި، އެފޮޓޯ އާންމު ކުރައްވައިގެން އުޅުއްވަނީ ކޮންކަމެއް ހާސިލް ކުރަންތޯ ސުވާލު ކުރައްވާފައެވެ. މެމްބަރު އަސްލަމް ޓެގްކޮށް ވައްޑެ ކުރެއްވި ޓުވީޓަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު ވިދާޅުވީ ޤާސިިމާއިއެކު ބޭއްވި ބައްދަލުވުމުގެ ފޮޓޯއަކީ ރޭގެ ފޮޓޯއެއް ކަމަށެވެ. އަދި އެބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީގެ ވިސްނުން ހުރީ ކޯލިޝަނެއްގެ ތެރެއިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ފަސޭހަ ކަމާއިއެކު އެއްބުރުން ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރެވޭ މިންވަރަށް ބަލާއިރު މިކަން ކާމިޔާބު ވުމަކީ ކައިރި ކަމެއްކަމަށް އަލީ ނިޔާޒު ވިދާޅިވުއެވެ.

ނޫން ތީ ރޭގެ ފޮޓޮއެއް. މީ ވަރަށްއުއްމީދީ ބައްދަލުވުމެއް. އިރާދަކުރެއްވިއްޔާ ކޯލިޝަން އާއިއެކު އެމް.ޑީ.ޕީ އެއްބުރުން އިންތިޚާބް ކާމިޔާބު ކުރާނެ މަގަށް މިސްރާބް މިހުރީ.

– އަލީ ނިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ބޭއްވި ޖަލްސާގަިއ ރައީސް ޞާލިހު ވިދާޅުވެފައިވަނީ މިހާއު އޮތް އެންމެ ބޮޑު އަމާޒަކީ މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ތެދުވެ، އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުންކަމަށެވެ. އެއާއެކު ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރާނީ އެއްބުރުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީއާއިއެކު ކޯލިޝަން ހެދުމަށް އެމްޑީޕީން މަސައްކަތް ކުރަމުންދާއިރު، އެޕާޓީން ބުނެފައިވަނީ އެޕާޓީން ގޮތެއް ނިންމާނީ ކުރިއަށް ޤައުމީ މަޖިލީހަށްފަހު ކައުންސިލުން ނިންމާ ގޮތެއްގެ މައްޗަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.