އެމްޑީޕީ ޕޭ ސިސްޓަމަށް ދިއުމުގެ ނަތީޖާ ރިޔާސީ އިންތިޚާބުގައި ފެންނާނެ: އިންތި

އެމްޑީޕީ ޕޭ ސިސްޓަމަށް ދިއުމުގެ ނަތީޖާ ރިޔާސީ އިންތިޚާބުގައި ފެންނާނެ: އިންތި

Author
ޢަލީ އާދަމް
19 ފެބްރުއަރީ 2023 07:29
0

ފައިސާ ދީގެން ޖަލްސާތަކަށް މީހުން ގެނައުމުގެ އުސޫލު ނުވަތަ "ޕޭ ސިސްޓަމަށް" އެމްޑީޕީ ބަދަލުވުމުގެ ނަތީޖާ ރިޔާސީ އިންތިޚާބުގައި އެޕާޓީއަށް ފެންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

މިހާރު ދެބައިވެފައިވާ އެމްޑީޕީގެ ރައީސް ނާޝީދު ފެކްޝަނަށް ނިސްބަތްވާ އިމްތިޔާޒް ފަހުމީ (އިންތި) އެ އިޝާރާތްކުދެއްވީ ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓު އަރުވަން އެންމެފަހުން އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާއަށެވެ. މިޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އައެވެ. އެމީހުންނަކީ އެމްޑީޕީން ޓިކެޓާއި ފައިސާ ދީގެން ގެނައި ބައެއްކަމަށް އިދިކޮޅު ފަރާތްތަކާއި ނަޝީދު ފެކްޝަނުން ތުހުމަތުކުރެއެވެ.

އިންތި ކުރެއްވި ޓްވީޓެއްގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ޖަލްސާގައި ވާހަކަފުޅުދައްކަވާ ވީޑިއޯއެއް ޝެއަރކުރައްވާފައިވެއެވެ. އެވީޑިއޯއިން ފެންނަގޮތުގައި ޖަލްސާގައި އެވަގުތު ހުސްގޮނޑިތައް ވަރަށްގިނައިން ހުއްޓެވެ. އެކަމާގުޅޭގޮތުން އިންތިވަނީ ފާޑު ވިދާޅުވެ ޓްވީޓުކުރައްވާފައެވެ.

ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓް އަރުވަން ބޭއްވި ޖަލްސާއަށް ނަޝީދު ފެކްޝަނުގެ މެމްބަރުން ޙާޒިރެއް ނުވެއެވެ. އަދި ރިޔާސީ ޕްރައިމެރީއަކީ ސައްހަ ޕްރައިމެރީއެއްކަމަށް އެފެކްޝަނުން ޤަބޫލެއްވެސް ނުކުރެއެވެ. ނަޝީދު ފެކްޝަނުން ތުހުމަތުކުރާގޮތުގައި މަކަރާއި ޙީލަތުން އޮޅުވާލައިގެން އިންތިޚާބުވަނީ ވަގަށްނަގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.