އިދިކޮޅުން ތެޅި ފޮޅެނީ ރައީސް ޞާލިހު އެއްބުރުން އިންތިޚާބު ކާމިޔާބުކުރާނެ ކަން ޔަގީންވުމުން: މާރިޔާ

އިދިކޮޅުން ތެޅި ފޮޅެނީ ރައީސް ޞާލިހު އެއްބުރުން އިންތިޚާބު ކާމިޔާބުކުރާނެ ކަން ޔަގީންވުމުން: މާރިޔާ

ގުޅުންހުރި

އިދިކޮޅުން ތެޅި ފޮޅެނީ ރައީސް ޞާލިހު އެއްބުރުން އިންތިޚާބު ކާމިޔާބުކުރާނެ ކަން ޔަގީންވާތީ ކަމުގައި ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ ރައީސް ޞާލިހަށް ރިޔާސީ ޓިކެޓް ދިނުމަށް ރޭ ބޭއްވި ޖަލްސާގައި އިންޑިއާގައި ހައްޔަރުކޮށް ޑީޕޯޓް ކޮށްލި ސަމަދާއި ގުޅޭގޮތުން ދެއްކި ވާހަތަކަށް އާމުންނާއި، އިދިކޮޅުގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެކަން ކުށްވެރިކޮށް އިދިކޮޅު ޕީޕީއެމްއިން މިއަދު ވަނީ ބަޔާނެއްވެސް ނެރެފައެވެ.

މިރޭ މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭ ބޭއްވި ޖަލްސާއިން އަދަދެއް ފެނިގެން ގޮސްފައިވާކަމަށެވެ. އަދި ރޭގެ މަންޒަރުން އިދިކޮޅު ފަރާތްތަކަށް ކެތް ނުކުރެވެނީ ރައީސް ޞާލިހު އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެކަން ޔަގީންވާތީކަމަށް އޭނާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާ އިން އަދަދު ފެނިއްޖެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިތުރު ދައުރަކަށް އެއްބުރުން އިންތިޚާބު ވާނެކަން އިދިކޮޅަށް ޔަގީން ވެއްޖެ. ވޯޓުލައިގެން ވެރިކަން ނުލިބޭނެކަން ޔަގީންވުމުން ވޯޓު ނުލައި 7 ފެބްރުއަރީ 2012 ގައި ވެރިކަން ހޯދި ގޮތަށް ހޯދާނަމޭ ހިތާ ތެޅި ފޮޅެނީ. މިއަހަރުގެ ނޮވެމްބަރު އެގާރާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހުވާ ކުރައްވާނެ.

– މާރިޔާ ވިދާޅުވިއެވެ.

މާރިޔާ މިހެން ވިދާޅުވިއިރު ރޭގެ ޖަލްސާގައި ރައީސް ޞާލިހު ވިދާޅުވެފައިވަނީ އެމްޑީޕީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެއްބުރުން ކަމަށެވެ. ރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިހަށް ހަވާލު ކުރުމަށް ބޭއްވި ޖަލްސާގައި ޓިކެޓާއި ހަވާލުވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ މިއީ ޚިޔާލް ތަފާތުވުން އެއްކައިރިކޮށް އެމްޑީޕީ އެންމެން ގުޅިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަންވީ ވަގުތުކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީން ދައްކުވައިދިނީ އެޕާޓީއަކީ ޑިމޮކްރަސީއަށް ފައްކާވެފައި އޮތް ޕާޓިއެއްކަން ކަމަށެވެ. އަދި އެ ޕްރައިމަރީން ދައްކުވައިދިނީ، އެމްޑީޕީއަކީ ޚިޔާލުތަފާތުވުންތަކަށް ޖާގަ އޮތް ޕާޓީއެއްކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ރިޔާސީ ޓިކެޓް ސާލިހަށް އެރުވިޖަލްސާއަށްދިޔަމީހުން މަދުވެގެން މާރިޔާ ހަލާ އަރުވަނީ ސާލިހު ހައްދައިގެން އަދިވެސް ފައިދާގަނޑެއް ނަގަލެވޭތޯ ކޮޅުކޮޅަށް ދުވެނަގަނީ ގައުމުވިއްކާލާ ގައުމަށް ގައްދާރުވި މިދީދީ ހާއިނުންގެ ލިސްޓުގެ ކުރީސަފުން ޖާގަހޯދައިގެން މިދީދީ ފުމެނަގަނީ ސާލި ނަސީދުއެކު ފިހާރައެއްގެ ހަރުގަނޑުތެތެއަށް ވަދެއުޅުނުދުވަސް ހަނދާނެއްނެތް ސާލިހު އުނގަށް ނެގިނެގިފަ ތިޖެހެނީ މައިރި ހަލާއަރުވަ އަރުވާފައި ތެޅިފޮޅެނީ

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ