ގދ.މަޑަވެލިން އެމްޑީޕީއާއި އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ޕާޓީގެ ޗެއާޕާސަނާއި ހަވާލުކޮށްފިއެވެ.
ގދ.މަޑަވެލި ދާއިރާއިން އެމްޑީޕީ އާއި އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ހަވާލުކޮށްފައިވަނީ އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އާއިއެވެ. ފޯމުތަކާއި ހަވާލު ވުމަށްފަހު ދާއިރާގެ ހަރަކާތްތައް އިތުރު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ މެދު ވަނީ މަޝްވަރާ ކޮށްފައެވެ.
މަޑަވެެލި ދާއިރާގެ މެމްބަރަކީ އެމްޑީޕީއަށް ނިސްބަތްވާ ހުސެއިން ފިރުޝާންއެވެ. އޭނާ މަސައްކަތް ކުރައްވަމުން ގެންދަނީ އެމްޑީޕީގެ ޕްރައިމަރީން ފެށިގެން ރައީސް ނަޝީދުގެ ފެކްޝަންގައެވެ. އެމްޑީޕީގެ ތެރޭގައި ދެފެކްޝަން އުފެދި ރިޔާސީ އިންތިޚާބަށް ކުރިމަތިލާއިރު ބޮޑެތި ގޮންޖެހުންތަކެއް ވަނީ އެޕާޓީއަށް ކުރިމަތިވެފައެވެ.
ގދ.މަޑަވެލި ދާއިރާއިން @MDPSecretariat އާއި އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ޗެއަރޕާސަން @faya_i އާއި ހަވާލުކުރުމާއި ދާއިރާގެ ހަރަކާތްތައް އިތުރު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ މެދު މަޝްވަރާ ކުރުމަށް ޕާޓީ އޮފީހުގައި މިއަދު ބޭއްވުނު ބައްދަލުވުން pic.twitter.com/H0I5XjjBh6
— MDP Secretariat (@MDPSecretariat) February 18, 2023
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރޭ ރައީސް ޞާލިހަށް އަރުވާފައިވާއިރު، އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ ރައީސް ނަޝީދު ރޭގެ ޖަލްސާއިންވެސް ނުފެނުމަކީ އެމްޑީޕީއަށް އޮތް ބޮޑު ފަޅުކަމެއްކަމަށެވެ. ރައީސް ނަޝީދު ގެންދަވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ފޯމު ފުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމުގެ ބޭނުމަކީ ކޮބައިކަން ހާމަ ނުކުރިނަމަވެސް މިއީ ސިޔާސީ ގޮތުން އިތުރަށް ކުރިއަށް ދިއުމަށް މަގުތަކެއް ހޯދުމަށް ނަޝީދު ކުރައްވާ ކަމެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
ރިޔާސީ އިންތިޚާބާއި އެމްޑީޕީން ކުރިމަތިލާއިރު އެޕާޓީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީ ބައިބައި ވެފައި އޮތުމެވެ. ރޭގެ ޖަލްސާގައި ރައީސް ޞާލިހު ވަނީ އެމްޑީޕީގެ މެމްބަރުން ޚިޔާލާތު ތަފާތުވުން އެއްކައިރުކޮށް އިންތިޚާބު ކާމިޔާބު ކުރުމަށް އެކަތި ގަނޑަކަށް ވުމަށް ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ